|
ވަޒީފާގެ ފުރުޞަތު
|
މަޤާމު:
|
މަސައްކަތު
|
މަޤާމުގެ ކްލެސިފިކޭޝަން ރޭންކާއެކު:
|
ސަޕޯޓް ސްޓާފް ގްރޭޑް 1 (ރޭންކް: އެސް.އެސް 01)
|
މުސާރަ:
|
-/3,100 ރުފިޔާ
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަސައްކަތްކުރަންޖެހޭ ތަން:
|
ފ.އަތޮޅު ސްޓޯރ
|
ތަޢުލީމާއި ތަޖުރިބާ:
ޝަރުޠު:
|
- ލިޔަންކިޔަންދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެހުނަރު/ ޤާބިލުކަން ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން
- ގިނަވަގުތު މަސައްކަތުގައި އުޅޭވޭ ހީވާގި މުރާލި މީހެއްކަމުގައިވުން
- ފިރިހެނުންނަށް އިސްކަންދެވޭނެ.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އަތޮޅު ސްޓޯރުގެ ޑިއުޓީ ޓޭބަލުގައިވާ ގޮތުގެ މަތިން ސްޓޯރަށް ގަޑިއަށް ހާޒިރުވެ ސްޓޯރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދިޔުމާއި ސްޓޯރަށް މުދާ ގެންނަ ދުވަސްދުވަހާއި އެނޫންވެސް ބައެއް ދުވަސްދުވަހު ކަނޑައެޅިފައިވާ ޑިއުޓީގެ އިތުރުން މަސައްކަތުގައި އުޅެން ދިމާވެއްޖެނަމަ، މަސައްކަތް ނިމެންދެން މަސައްކަތުގައި އުޅުން
- މިނެކިރަންޖެހޭ ތަކެތި ކިރުމާއި، ކަސްޓަމަރުންނަށް ދޫކުރަން އަންގާ މުދާ ދޫކުރުމާއި، ގުދަނުން ސްޓޯރަށް ގެންނަންޖެހޭ މުދާ ގެނައުމާއި ސްޓޯރުގައި ހުންނަ މުދަލުގެ ތެރެއިން އަވަހަށް ހަލާކުވާ ތަކެތި ހަލާކުވަމުންދޭތޯ ބެލުމާއި، ސްޓޯރުގެ އެތެރެއާއި ބޭރުގެ މަގުމައްޗާއެކު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން
- ސްޓޯރުގެ މުދާ ޖައްސާފައި ހުރި ހަރުގަނޑުތައް ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުމާއި، ތަރުތީބު ގެއްލޭގޮތަށް ފިހާރަ ތެރޭގައާއި ހަރުގަނޑުތަކުގައި ތަކެތި ހުރޭތޯ ބަލައި އެގޮތަށް ހުންނަ ތަކެތި ރަނގަޅު ކުރުމާއި ބެލެހެއްޓުން.
- ސްޓޯރުގެ ކާޑު ކިރާބަޔާއި ގުދަންތައް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުމާއި، ކާޑު ހުސްވަމުންދާ މިންވަރު ބަލައި ކާޑު ގެނައުމަށް މަސައްކަތް ކުރުން
- ހުސްވަމުންދާ މުދާ ލިސްޓުކުރުމަށްޓަކައި ސްޓޯރުގެ މުވައްޒަފުންނަށް އަންގަމުން ގެންދިޔުން
- މީގެ އިތުރުންވެސް ސްޓޯރުގެ މަސައްކަތާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ސްޓޯރުގެ މަސައްކަތާ ގުޅޭގޮތުން ސްޓޯރުގެ އެހެން މުވައްޒަފުން އަންގާ ކަންކަން ކުރުން
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
2015 އޮކްޓޫބަރު 12 ވަނަ ދުވަހުގެ މެންދުރުފަހުގެ 12:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ފ. އަތޮޅު ކައުންސިލްގެ އިދާރާއަށް
|
އުޖޫރައާއި އިނާޔަތްތައް:
|
އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަހުގެ ފައިސާ: ހަމަޖެހިފައިވާ އުސޫލުން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފޯމު ފ. އަތޮޅު ކައުންސިލުގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
- ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓުފިކެޓުގެ ކޮޕީ
- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.
- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު މިމަޤާމަށް ހޮވިއްޖެނަމަ އެވަޒީފާއަށް ބަދަލުވުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީލިޔުން. (މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން / އިދާރާއިން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މިލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސިވީ)
- ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ ތާރީޚާއި ތަފުސީލު އެނގޭނޭ ލިޔުން. (ހުށަހެޅި ފަރާތުގެ ސޮއިކޮށްފައިވާ)
|
އެހެނިހެން ކަންތައްތައް:
|
- މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ މީލާދީގޮތުން އުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.
- މިމަޤާމަށް ހޮވޭ ފަރާތް ފުރަތަމަ ވަޒީފާގައި ގެންގުޅެވޭނީ ވަގުތީ ކޮންޓްރެކްޓްގެ ދަށުންނެވެ. ނަމަވެސް މުވައްޒަފު ގެންގުޅޭތާ 2 އަހަރުވުމުން މަސައްކަތަށް ރަނގަޅުނަމަ ޤާނޫނުގައިވާ ގޮތުގެމަތިން އެމުވައްޒަފަކު ދާއިމީ ކުރެވޭނެއެވެ.
|