ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)KRH-B-6/2015/39
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 19 އޮކްޓޫބަރު 2015 14:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

ހިރިމަރަދޫ ޞިއްޙީމަރުކަޒަށް ރިސެޕްޝަނިސްޓަކު ބޭނުންވެގެން ކޮށްފައިވާ ނަންބަރު IUL)KRH-B-6/2015/38)ފ(30 ސެޕްޓެންބަރު 2015) އިޢުލާންގައި ހިމެނިފައިވާ މަޤާމުގެ ރޭންކު ރަނގަޅުކަމުގައި ނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރުމެވެ.

މަޤާމު:

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު:              1

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1               ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން / ސެކްޝަން

ހިރިމަރަދޫ ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ހިރިމަރަދޫ ޞިއްޙީމަރުކަޒު / ހދ. ހިރިމަރަދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މަރުކަޒަށް އަންނަ ބަލިމީހުންގެ ރަޖިސްޓްރޭޝަންގެ ކަންތައް ބެލެހެއްޓުމާއި، އާސަންދައިގެ ދަށުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތުދީ ރެކޯޑުތައް ފުރިހަމަ ކުރުމާއެކު، ބަލިމީހާ ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުން. ތަރުޖަމާކުރަންޖެހޭ ޙާލަތްތަކުގައި ޑޮކްޓަރާއި ބަލިމީހާއާ ދެމެދު ދެކެވޭ ވާހަކަތައް ފުރިހަމައަށް ތަރުޖަމާކުރުން.

ކައުންޓަރަށް ލިބޭ އެންމެހާ ފައިސާ، މާލިއްޔަތާ ބެހޭ ޤާނޫނާއި ގަވާއިދާ އެއްގޮތަށް ހަވާލުވެ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.

ބަލިމީހުންގެ ފައިލްތަކާއި ކައުންޓަރުގެ އިދާރީ ފޮތްތައް ތަރުތީބު ކުރުމާއި ފައިލްތަކާއި ފޮތްތައް ހެދުމާއި އައުކުރުމުގެ މަސައްކަތް ކުރުން.

ކައުންޓަރުގެ އިންވެންޓްރީ ދުވާލަކު 1 ފަހަރު ބަލައި ހަމަކުރުމާއި، އަދި ހަލާކުވާ ތަކެއްޗާއި މަދުވާތަކެތީގެ ތަފުސީލު އޮފީހަށް އެންގުން.

މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި ލިބޭ މެސެޖު ސިޓީ ފަދަ ތަކެތި އެންޓްރީކޮށް ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.

ފޯންކޯލްތަކަށް ޖަވާބު ދިނުމާއި ޕާސްކުރަންޖެހޭ ފަރާތްތަކަށް ޕާސްކުރުން.

މަރުކަޒަށް އަންނަ މެހެމާނުންނަށް މަގުދައްކައިދިނުމާއި ބައްދަލުކުރަން ބޭނުންވާ ފަރާތްތަކާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

މަރުކަޒުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައް ކުރުން

ތަޢުލީމާއި ތަޖުރިބާ

ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

ސާނަވީ އިމްތިޙާނަކުން 2 މާއްދާއި ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

- ސިވިލްސަރވިސް މުވައްޒަފުންނަށް ހަމޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ހިރިމަރަދޫ ޞިއްޙީމަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. ( އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)

4- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5- ވަޒީފާއަށް އެދޭ ފަރާތުގެ (މުއްދަތު ހަމަނުވާ) ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

6- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗް ކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

19 އޮކްޓޫބަރު 2015 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ހިރިމަރަދޫ ޞިއްޙީމަރުކަޒަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

ކުރިމަތިލައްވާ ފަރާތްތަކާ އިންޓަރވިއު ކުރުން އޮންނާނީ، 2015 ވަނައަހަރުގެ ނޮވެންބަރުމަހުގައި، ހިރިމަރަދޫ ޞިއްޙީމަރުކަޒުގައި،

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6520550 އާ ގުޅުއްވުން އެދެމެވެ.  

05 އޮކްޓޫބަރު 2015