ވަޒީފާގެ ފުރުޞަތު
ނަންބަރު: ކހ/2015/12
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 15 އޮކްޓޫބަރު 2015 14:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީ އާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ގާބިލް މީހުންނެވެ.

އޮފީސް

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ

ކުޑަކުދިންގެ ހިޔާ، ވިލިމާލެ

މަގާމު

އެސިސްޓެންޓް ކައުންސެލަރ

ބޭނުންވާ ޢަދަދު

1

މަގާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: ޖީއެސް 4

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ/ އަމާންހިޔާ

ތަޢުލީމާއި ތަޖުރިބާ

  1. ސޯޝަލް ސައިންސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް  އިމްތިޙާނުގައި "ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ސޯޝަލްސައިންސްގެ ދާއިރާއަކުން ސެޓްފިކެޓް ލެވަލް 3 ފުރިހަމަކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނާ ގުޅޭ މައްސަލަތަކުގައި، ކުރަންޖެހޭ ހޯމްވިޒިޓް ކުރުމާއި މައްސަލައިގެ ހާލަތު  ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  2. ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ ރެކޯޑުތައް ޤަވާޢިދުން ބެލެހެއްޓުމާއެކު، ރިޕޯޓްތައް ތައްޔާރުކޮށް އިސް ބޭފުޅުންގެ ލަފަޔާއެކު ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  3. ކުޑަކުދިންގެ ހިޔާ އާއި އަމާން ހިޔާގެ ކުދިންނާއި އަދި ޢާއިލާތަކާއެކީ މަސައްކަތް ކުރުން.
  4. ހުށަހެޅޭ މައްސަލަތަކުގެ ފައިލް ތައްޔާރުކޮށް އެ މައްސަލައެއްގައި ހިމެނޭ ފަރާތެއްގެ ހިސްޓްރީ ތައްޔާރު ކުރުމަށްފަހު އެސެސްމަންޓް ހަދަންޖެހިއްޖެ ހިނދެއްގައި އެސެސްމެންޓް ހަދައި، ކަމާގުޅޭ ދާއިރާތައްކަމަށްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑްޕްރޮޓެކްޝަން ޑިޕާޓްމަންޓް، ޖުވެނައިލް ޖަސްޓިސް ޔުނިޓް، އަދި ފެމިލީކޯޓްފަދަ ސަރުކާރުގެ މުއައްސަސާތަކަށް އެއްބާރުލުން ދިނުމާއެކު، މައްސަލައާ ގުޅިގެން ފޮނުވަންޖެހޭ ރެފަރަލްތަކާއި އެސެސްމެންޓް ރިޕޯޓުތައް ލަސްނުކޮށް އެފަރާތްތަކަށް ފޮނުވުމާއެކު މައްސަލަ ކުރިއަށް ގެންދިއުން
  5. ހުށަހެޅޭ މައްސަލަތަކުގައި މިދާއިރާއާ ގުޅުންހުރި ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން
  6. ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރުން.
  7. ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް އަމަލު ކުރުން.

މަގާމު

ކައުންސެލަރ

ބޭނުންވާ ޢަދަދު

1

މަގާމުގެ ކްލެސިފިކޭޝަން:      އ. ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް.އެސް 1

މުސާރަ

މަހަކު -/5610 ރުފިޔާ

 

 

ސަރވިސް އެލަވަންސް

މަހަކު-/2000

 

 މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ/ އަމާންހިޔާ

ތަޢުލީމާއި ތަޖުރިބާ

 

  1. ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ
  3. ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ހިޔާގައި އަދި އަމާންހިޔާގައި ދިރިއުޅެމުންދާ ކުދިންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެކުދިންނާ ބައްދަލުކޮށް ކައުންސެލިންގ ދިނުން.
  2. ކުދިންނަށް ބޭނުންވާ ސަޕޯޓް ގްރޫޕްތައް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ސަޕޯޓް ގުރޫޕު ކުރިއަށް ގެންދިއުން.

  3. ހުށަހެޅޭ މައްސަލަތަކުގެ ފައިލް ތައްޔާރުކޮށް އެ މައްސަލައެއްގައި ހިމެނޭ ފަރާތެއްގެ ހިސްޓްރީ ތައްޔާރު ކުރުމަށްފަހު އެސެސްމަންޓް ހަދަންޖެހިއްޖެ ހިނދެއްގައި އެސެސްމެންޓް ހަދައި، ކަމާގުޅޭ ދާއިރާތައްކަމަށްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް، ޖުވެނައިލް ޖަސްޓިސް ޔުނިޓް، އަދި ފެމިލީކޯޓްފަދަ ސަރުކާރުގެ މުއައްސަސާތަކަށް އެއްބާރުލުން ދިނުމާއެކު، މައްސަލައާގުޅިގެން ފޮނުވަންޖެހޭ ރެފަރަލްތަކާއި އެސެސްމެންޓް ރިޕޯޓުތައް ލަސްނުކޮށް އެފަރާތްތަކަށް ފޮނުވުމާއެކު މައްސަލަ ކުރިއަށް ގެންދިއުން

  4. ކުދިންގެ ނަފްސާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން އިތުރުކޮށްދޭފަދަ ޕްރޮގްރާމްތައް ރާވައި ހިންގުން.

  5. ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގު ފަހިކޮށްދިނުމަށްޓަކައި ސްޓާފުންނަށް އެކި ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން.   

  6. ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނާ ގުޅޭ މައްސަލަތަކުގައި، ކުރަންޖެހޭ ހޯމްވިޒިޓް ކުރުމާއި މައްސަލައިގެ ހާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

  7. ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ ރެކޯޑުތައް ޤަވާޢިދުން ބެލެހެއްޓުމާއެކު، ރިޕޯޓްތައް ތައްޔާރުކޮށް އިސް ބޭފުޅުންގެ ލަފަޔާއެކު ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

  8. މިނިސްޓްރީއާ ގުޅިގެން ހިންގަންޖެހޭ އެންމެހާ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ހިންގުމުގައި އެހީތެރިވެދިނުން. އަދި ކައުންސެލިން ސެޝަންތަކުގައި ބައިވެރިވެ އެހީތެރިވެދިނުން.

  9. ހުށަހެޅޭ މައްސަލަތަކުގައި މިދާއިރާއާ ގުޅުންހުރި ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން

  10. ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރުން.

  11. ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް އަމަލު ކުރުން.

މަގާމު

އެސިސްޓެންޓް ޗައިލްޑް ކެއަރ ވާރކަރ

ބޭނުންވާ ޢަދަދު

1

މަގާމުގެކްލެސިފިކޭޝަން: އެސިސްޓެންޓް  ޓެކްނިކަލް އޮފިސަރ ގްރޭޑް1

ރޭންކް GS3

މުސާރަ     

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ/ އަމާންހިޔާ

ތަޢުލީމާއި ތަޖުރިބާ

  1. ސޯޝަލް ސައިންސް/ކައުންސެލިން/ޗައިލްޑްކެއަރ ވާރކްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކުޑަކުދިންގެ ހިޔާ/ އަމާންހިޔާގައި، ތިބޭ ކުދިންގެ އެންމެހާ ކަންތައްތައް (ކާންބޯން ދިނުމާއި، ފެންވެރުވުމާއި، ސްކޫލަށް ގެންދިއުންފަދަ) ބެލެހެއްޓުން.
  2. ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް އަމަލު ކުރުން.

މަގާމު

އޮފީސް އެސިސްޓެންޓް

ބޭނުންވާ ޢަދަދު

1

މަގާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް:SS2

މުސާރަ

މަހަކު -/3470 ރުފިޔާ

 

 

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ/ އަމާންހިޔާ

ތަޢުލީމާއި ތަޖުރިބާ

 1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޒުރިބާ ލިބިފައިވުން. ނުވަތަ

 2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސެންސެއް/ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

 3. ލިޔަންކިޔަން ދަތުމާއެކު، މަގާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހެއްކަމުގައިވުން.

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް

 

  1. ހިޔާއިން ފޮނުވަންޖެހޭ އެންމެހާ ތަކެތި ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުމާއި، އެކިއެކި ތަންތަނުން ގެންނަންޖެހޭ އެންމެހާ ތަކެތި ގެނައުން
  2. ހިޔާގެ މެއިންޓެނަންސް މަސައްކަތްތަކުގައި އެހީތެރިވުން.
  3. ހިޔާގައި ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
  4. ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް އަމަލުކުރުން.

މަގާމު

ކުދިންބަލަހައްޓާ (ވަގުތީ) 3 މަސް ދުވަހަށް

ބޭނުންވާ ޢަދަދު

5

މަގާމުގެ ކްލެސިފިކޭޝަން: ސަޕޯރޓު ސްޓާފް ގރ.1

ރޭންކް: SS1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ/ އަމާންހިޔާ

ތަޢުލީމާއި ތަޖުރިބާ

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް

1. ކުޑަކުދިންގެހިޔާ/ އަމާންހިޔާގައި ތިބޭ ކުދިންގެ އެންމެހާ ކަންތައްތައް (ކާންބޯން ދިނުމާއި، ފެންވެރުވުމާއި، ސްކޫލަށްގެންދިއުންފަދަ) ބެލެހެއްޓުން.

2. ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް އަމަލު ކުރުން.

ޢިނާޔަތްތައް

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

2. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ )އެކްރެޑިޓް ނުކުރާ ސެޓްފިކެޓް ހުށަހެޅި ކަމުގައިވިއަސް ބާޠިލުވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭ ސާފު ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިއުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި

2015 އޮކްޓޫބަރު 15 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރި ޖެހިގެ) އަށް / ކުޑަކުދިންގެ ހިޔާއަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރި ޖެހިގެ) ގެ ފުރަތަމަ ފަންގިފިލާ ނުވަތަ ކުޑަކުދިންގެ ހިޔާގައެވެ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 އެވެ. ވަޒީފާއަށް އެދޭ ފޯމް މިމިނިސްޓްރީގެ ކައުންޓަރުންނާއި ކުޑަކުދިންގެހިޔާއިން ލިބެން ހުންނާނެއެވެ.

04 އޮކްޓޫބަރު 2015