ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)450-CA/1/2015/25
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:08
ސުންގަޑި: 18 އޮކްޓޫބަރު 2015 13:29
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

މަޤާމު

ހިއުމަން ރިސޯސް އޮފިސަރ    

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: އެމް.އެސް 2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/3000 ރުފިޔާ

އެހެނިހެން

މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމަށް ޝަރުޠުކޮށް މުސާރައިގެ %35 ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

 

 

 

 

ތައުލީމީ ފެންވަރު:

  1. ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗެލަރސް ޑިގްރީ) ހާސިލުކޮށްފައިވުން.

މަސައްކަތުގެ ތަޖުރިބާ:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތާގުޅޭ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އޮތޯރިޓީގެ މުވައްޒަފުންނަށް ތަމްރީނު ބޭނުންވާ ދާއިރާތައް ފާހަގަކޮށް ޓްރެއިނިންގ ރިކުއަރމެންޓް ތައްޔާރުކުރުމާއި، މުވައްޒަފުން ތަމްރީނު ކުރުމަށް ހިންގަންޖެހޭ ޕްރޮގްރާމްތަކާގުޅޭ އެންމެހާ އިދާރީ މަސައްކަތްތައްކުރުން.
  2. އޮތޯރިޓީގެ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް އޮތޯރިޓީގެ ގަވާއިދާ އެއްގޮތަށް ކުރުން.
  3. އޮތޯރިޓީގެ މުވައްޒަފުންގެ ހާޒިރީ ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، މަސް ނިމުމުން ހާޒިރީރިޕޯޓު ތައްޔާރުކުރުން.
  4. އޮތޯރިޓީއަށް މުވައްޒަފުން ހޯދުމާއި، ކުރިއެރުން ދިނުމާއި، ވަކިކުރުމާއި، ޗުއްޓީ ދިނުމާބެހޭގޮތުން ސުޕަވައިޒަރަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، އެކަމާގުޅޭ ލިޔެކިޔުން ތައްޔާރުކުރުން.
  5. އޮތޯރިޓީން އަލަށް ވަޒީފާދޭ މުވައްޒަފުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމް ހިންގުން.
  6. އޮތޯރިޓީގެ މުވައްޒަފުންގެ ރަޖިސްޓަރީއާއި މަޤާމުތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން.
  7. އޮތޯރިޓީގެ މުވައްޒަފުންގެ މުސާރައާއި ބޯޑު މެންބަރުންގެ ސިޓިންގ އެލަވަންސް ތައްޔާރުކޮށް، ބޭންކް އެކައުންޓްތަކަށް ޖަމާކުރުމަށްޓަކައި ލިޔެކިޔުންތައް ފުރިހަމަކޮށް ކަމާބެހޭ ސެކްޝަންތަކަށް ފޮނުވުން. 
  8. އޮތޯރިޓީގެ މުވައްޒަފުންގެ ޕާރސަނެލް ޕައިލްތަކުގައި ހުންނަންޖެހޭ ލިޔުންތައް ފައިލްކުރުމާއި، އެ ފައިލުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  9. މުވައްޒަފުންގެ ކަންތައްތަކާ ގުޅިގެން ހިއުމަން ރިސޯސް ޕެނަލްއަށާއި ބޯޑަށް ހުށަހަޅަންޖެހޭ މަޢުލޫމާތު ސުޕަވައިޒަރުގެ އިރުޝާދާ އެއްގޮތަށް ތައްޔާރުކުރުން.
  10. އަހަރީރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި ރިޕޯޓު ތައްޔާރުކުރުމަށް އެހީތެރިވުން.
  11. މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތް ކުރުން.

މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަންފޯމާއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

1- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.  

2- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)

5- މިހާރު ސިވިލް ސަރވިސްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ، ފުރިހަމަކޮށްފައިވާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް)

އިތުރު މަޢުލޫމާތު:

1- މި މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

2- މިވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ދިނުމަށްފަހު ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

3- މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލުކަމަށް ބަލައި ކުރެވޭ އިންޓަރވިއު އިން އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ ކުށުގެ ރެކޯޑު ސާފުކުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރުދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.

4- އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމު ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 18 އޮކްޓޫބަރު 2015 ވަނަދުވަހުގެ 13:30 ގެ ކުރިން މިއޮތޯރިޓީއަށް (ހ.ފުލިދޫގޭގެ 2 ވަނަ ފަންގިފިލާ، ކަލާފާނު ހިނގުން) ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: - ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުން http://fpa.gov.mv/downloads/FPA-Job-Application-latest.pdf

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

ވެބްސައިޓް: www.fpa.gov.mv

ފޭސްބުކް: www.facebook.com/fpa.maldives

06 އޮކްޓޫބަރު 2015