ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415-CAF/415/2025/177
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:26
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫސިޓީން ކުއްޔަށް ދޫކުރެވިފައިވާ ބިންތަކުގެ ތެރެއިން، ޤަވާއިދުން ކުލި ނުދައްކާ ބިންތަކާއި، އެފަދަ ބިންތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުން

އިޢުލާން

ތިނަދޫސިޓީން ކުއްޔަށް ދޫކުރެވިފައިވާ ބިންތަކުގެ ތެރެއިން، ޤަވާއިދުން ކުލި ނުދައްކާ ބިންތަކާއި، އެފަދަ ބިންތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުން                                                                                

ތިނަދޫ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 2025 އޮގަސްޓް 15 ގެ ނިޔަލަށް މި އިދާރާއަށް ލިބެންޖެހޭ ނުލިބިވާ ފައިސާގެ ޢަދަދަކީ 29,891,891.48 ( ނަވާވީސް މިލިއަން އަށްސަތޭކަ ނުވަދިހަ އެއްހާސް އަށްސަތޭކަ ނުވަދިހައެއް ރުފިޔާ ސާޅީސް އަށް ލާރި ) އެވެ. މި ބިންތަކުގެ ތަފްސީލް އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

ވީމާ، ބިމުކުލި ދައްކަމުން ނުދާ ފަރާތްތަކުން ބިންތަކުގެ ކުލި މަހުން މަހަށް ދައްކަމުން ގެންދެވުން އެދެމެވެ. އަދި ނުދައްކާހުރި ކުލީގެ ފައިސާ ހޯދުމަށް ޝަރުޢީ މަރުޙަލާތަކަށް ފޮނުވައި، އެފަދަ ބިންތަކާމެދު ގާނޫނީގޮތުން ފިޔަވަޅު އަޅަން ފަށާފައިވާ ކަން އިޢުލާންކުރަމެވެ.

                               02 ރަބީޢުލްޢައްވަލް 1447

25 އޮގަސްޓް 2025