ދިވެހިރާއްޖެ
އިޢްލާނު
މިހާރަކަށް އައިސް ރަށާއިގުޅިފައިވާ މޫދުގެ އެކިއެކި ސަރަޙައްދުތަކުން، ޙާއްސަކޮށް (ރަށާއި ވަރަށް ކައިރި ހިސާބުތަކުން) ގިނަ އަދަދެއްގެ ވެލި ކޮންމެދުވަހަކުވެސް ނަގަމުން ދިޔުމުގެ ސަބަބުން ރަށް ވަށައިގެންވާ ދޮންވެލި ގަނޑު ވަރަށް ބޮޑަށް ގިރަމުންދާކަމަށް މިކައުންސިލަށް ފާހަގަކުރެވެއެވެ. ރަށް ގިރުމުގެ މިމައްސަލައަކީ މިކަމަށް އަވަސް ހައްލެއް ހޯދަންޖެހިފައިވާ ބޮޑު ގައުމީ މައްސަލައެކެވެ.
އަދި މިކަމަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން، ވަގުތުން ވަގުތަށްވެސް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯބަލައި އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް މިކައުންސިލަށްވަނީ މަޖުބޫރުވެފައެވެ. ޢިޖުތިމާއީ ބޮޑު މިމައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ފެހެންދޫގެ އިޙްތިޞާސްގެތެރޭގައި ހިމެނޭ ތަންތަނުގެ ތެރެއިން މިކައުންސިލުން ކަނޑައަޅާ ވަކި ސަރަޙައްދުތަކުން މެނުވީ ވެލިނެގުމަކީ މަނާ ކަމެއްކަމުގައި ކައުންސިލުގެ 04 ވަނަ ދަޢުރުގެ 155 ވަނަ ޢާއްމު ޖަލްސާއިން ވަނި ނިންމާފައެވެ.
ވީމާ، މިއަދުންފެށިގެން މިއިދާރާގެ ހުއްދަނެތި، ފެހެންދޫގެ އިޙްތިޞާސްގެ ތެރޭގައިވާ އެއްވެސް ސަރަހައްދަކުން ވެލިނެގުމަކީ މަނާކަމެއްކަމުގައި އަންގާ ޢިއްލާނު ކުރަމެވެ.
އަދި މީގެފަހުން މިއިދާރާގެ ހުއްދަނެތި ވެލިނަގާ ފަރާތްތަކާއިމެދު ޤާނޫނީގޮތުން އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަވެސް ހުރިހާ ބޭފުޅުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.