ވަޒީފާގެ ފުރުޞަތު
ނަންބަރު: GS37/2015/37
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 19 އޮކްޓޫބަރު 2015 13:00
ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ސްކޫލް ހެލްތު އޮފިސަރ

މަޤާމުގެ ރޭންކް

އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 1/ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު

01

ގިންތި

ދާއިމީ

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

ރަމަޟާންމަހުގެ އިނާޔަތް، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީސް

ފ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ފ. އަތޮޅު ތަޢުލީމީ މަރުކަޒު / ފ. ނިލަންދޫ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން

އެކަޑަމިކް

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  1. ބަލިވެގެން ހެލްތުރޫމަށް އަންނަ ދަރިވަރުންނަށް އެހީތެރިވުން އަދި އެކުދިންގެ މަޢުލޫމާތު ބެލެނިވެރިންނަށް އެންގުމާއި ގެއަށް ފޮނުވަންޖެހޭ ކުދިންގެ މަޢުލޫމާތު ރިކޯޑުކުރުމަށްފަހު ގެއަށް ފޮނުވުން. މިގޮތުން ގެނެވޭ ކުދިންގެ މަޢުލޫމާތު ކޮންމެ ދުވަހެއްގެ ސެޝަން ނިމުމުން އެގްރޭޑަކާ ހަވާލުވެހުންނެވި ލީޑިންގޓީޗަރަށް ރިޕޯޓު ހުށަހެޅުން.
  2. މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ހެލްތާ ގުޅިވަޑައިގެން ކޮންމެ އަހަރަކު ސްކޫލުތަކުގައި ހިންގަވަން ހަމަޖެހިފައިވާ، ދަރިވަރުންނަށް ފަނީބޭސްދިނުމާއި ވިޓަމިންއޭ ދިނުމުގެ ޕްރޮގްރާމް މި ސްކޫލުގައި ހިންގުން.
  3. އަލަށް ވަންނަ ސްކޫލަށް ވަންނަ ކުދިންގެ ހެލްތުރިކޯޑު ބެލެހެއްޓުން.
  4. ގްރޭޑް 1 އަށް ވަންނަ ކުދިންގެ ހެލްތުރިކޯޑު ބެލެހެއްޓުން
  5. ޞިއްޙީ މައްސަލަތައް ހުންނަ ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކޮށް މަޢުލޫމާތު ދިނުން
  6. ސްކޫލުގެ ހަރަކާތެއްގައި ދަރިވަރަކު އުޅެނިކޮށް ދިމާވާ ކަމަކުން ހޮސްޕިޓަލަށް ގެންދަންޖެހިއްޖެނަމަ އެކަން ސްކޫލުގެ އިދާރާއާ ގުޅިގެން ހަމަޖެއްސުން
  7. ސްކޫލުގެ ގޯތިތެރޭގައި މަދިރިފަނި އުފެދިފައި ހުންނަ ތަންތަން ބަލައި ޗެކްކުރުން
  8. ދުވާލަކު މަދުވެގެން އެއްފަހަރު ސްކޫލުގެ ހުރިހާ ފާޚާނާތަކެއް ބަލައި ޗެކްކޮށް މަސައްކަތު މީހުން ލައްވައި ސާފުކުރުވުން.
  9. ހެލްތުރޫމަށް ބޭނުންވާ ތަކެތި ބަޖެޓް ސެކްޝަނާ ގުޅިގެން ހޯދުން އަދި ހެލްތުރޫމް ބަލަހައްޓައި އެތަނުން ލިބެންވާ ފަސްޓް އެއިޑް ދަރިވަރުންނަށް ލިބޭނޭ އިންތިޒާމު ހަމަޖެއްސުން
  10. ސްކޫލުގައި ހިންގޭ ތަފާތު ހަރަކާތްތަކުގައި ދަރިވަރުންނަށް އެހީތެރިވެ ފަސްޓް އެއިޑްގެ ޚިދުމަތް ލިބެންޖެހޭ ދަރިވަރުންނަށް އެ ޚިދުމަތްދިނުން. އަދި ބޭނުންވާނެ އެހެނިހެން ޞިއްޙީ ފަރުވާގެ އިންތިޒާމުތައް ހަމަޖެއްސުން.
  11. ސްކޫލުގެ ދަރިވަރުންގެ އެކިއެކި މައިދާނީ ދަތުރުތަކުގައި ކުދިންނާއެކު ރަށްރަށަށް ދިއުން.
  12. ފާއިތުވާ އަހަރު ސްކޫލުގައި ހެލްތު ޕްރޮގްރާމު ހިނގިގޮތުގެ ރިޕޯޓު މިނިސްޓްރީއަށް ފޮނުވުން
  13. ޓާމަކު އެއްފަހަރު ކުދިންގެ އިސްކޮޅާއި ބަރުދަން ބަލައި ރިކޯޑުތައް ބެލެހެއްޓުން
  14. ކުރިއަށް އޮތް އަހަރު ސްކޫލް ހެލްތު ޕްރޮގްރާމް ހިންގާނެ ގޮތުގެ ތާވަލު ތައްޔާރުކޮށް އެޑިޔުކޭޝަނަށް ފޮނުވުން
  15. ކޮންމެ ދުވަހަކު ސެޝަން ގަޑީގައި މަދުވެގެން ދެފަހަރު ތިރީގައިމިވާ ކަންތައްތައް ކުރުން
  • ފާޚާނާތަކުގެ ސާފުތާހިރުކަން ބެލެހެއްޓުމާއި ފާޚާނާގައި ހުންނަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުން.
  • ސްކޫލްގެ އިންޓަރވަލްގަޑި މޮނީޓަރކުރުން
  • ފެންބޯ އިސްކުރާއި ސަރަޙައްދުގެ ސާފުތާހިރުކަން ބެލެހެއްޓުން

16. އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

  • ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، ހެލްތު ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ހެލްތު ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  • ހެލްތުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

ލެބޯރެޓަރީ އެސިސްޓެންޓް

މަޤާމުގެ ރޭންކް

ޖީ.އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް  އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު

01

ގިންތި

ދާއިމީ

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް

  • ރަމަޟާންމަހުގެ އިނާޔަތް، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީސް

ފ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ފ. އަތޮޅު ތަޢުލީމީ މަރުކަޒު / ފ. ނިލަންދޫ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން

އިދާރީ

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  1. ކުލާސްތަކަށް ކިޔަވައިދެއްވާ ޓީޗަރުން އެދިލައްވާ ގޮތުގެމަތީން ހަމަޖެހިފައިވާ ތާވަލުތަކާ އެއްގޮތްވާ ގޮތަށް ލެބުގައި ޕްރެކްޓިކަލް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުން.
  2. ޕްރެކްޓިކަލްއަށް އަންނަ ޓީޗަރުންގެ ރެކޯޑުތައް ބެލެހެއްޓުން.
  3. ޕްރެކްޓިކަލްއަށް ބޭނުން ތަކެތީގެ ލިސްޓު ލިބުމުން ރަޖިސްޓަރީއަށް ނެގުމާއި ލޭބަލްކޮށް ތަކެތި ހަމަކުރުން
  4. ސައެންސް ލެބްގެ ސްޓޮކް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، ޓީޗަރުންނަށް ދޫކުރެވޭ ތަކެތީގެ ރަޖިސްޓަރީ ބެލެހެއްޓުން.
  5. ޕްރެކްޓިކަލް ނިމުމުން، އިކުއިޕްމަންޓްތައް ނަގައި ސާފުކުރުން
  6. ލެބުގައި ބޭނުންކުރާ ހުރިހާ އިކުއިޕްމަންޓްތަކާއި ތަކެތި އިންތިޒާމުކޮށް ބެލެހެއްޓުން
  7. ލެބުގައި ފިލާވަޅުތައް ނަގައިދޭއިރު ޓީޗަރަށް އެހީތެރިވެދިނުން
  8. ސެޝަން ނިމުމުން ދޮރުތައް ލައްޕައި ސްޓޯރރޫމާއި ލެބް ތަޅުލުން
  9. ލެބުން ހަލާކުވާ ތަކެތީގެ ލިސްޓު ތައްޔާރުކޮށް އިންވެންޓްރީ ބަލަހައްޓާ މުވައްޒަފަށް ރިޕޯޓުކުރުމާއެކު ރިކޯޑު ބެލެހެއްޓުން.
  10. ލެބޯރެޓަރީގެ އިންވެންޓްރީ ބެލެހެއްޓުމާއި، ކޮންމެ އަހަރެއް ނިމުމުން، އިންވެންޓްރީ ޗެކްކޮށް ސްކޫލުގެ އޮފީހަށް ރިޕޯޓު ހުށަހެޅުން
  11. ލެބޯރެޓަރީއަށް ބޭނުންވާ ކެމިކަލްތަކާއި ތަކެތި ބަޖެޓް ސެކްޝަނާ ގުޅިގެން ހޯދުން.
  12. އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ތަޢުލީމާއި ތަޖުރިބާ

  • ލެބޯރެޓަރީއާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • މަތީ ސާނަވީ އިމްތިޙާނަކުން ސައިންސްގެ 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިހާނަކުން ސައިންސްގެ 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ލެބޯރެޓަރީއާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް (އިންޓަރވިއުކޮށްގެން)
  4. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން

ހުށަހަޅަންޖެހޭ ތަކެތި

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސްގެ ވެބްސައިޓުންނާއި، ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެގޮތް:

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2015 އޮކްޓޫބަރު 19 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 13:00 ގެ ކުރިން، މަތީގައި ދެންނެވިފައިވާ ތަކެތި މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 2015 އޮކްޓޫބަރު 22 ން 27 އާ ދޭތެރޭގައި މި މަރުކަޒުގެ އޮފީހުގައެވެ.
  • އިންޓަރވިއުއަށް ހާޒިރުވާއިރު މަޤާމަށް އެދި ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.
  • ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 55 އަހަރުވެފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލުކުރެވޭނެއެވެ.
  • އެކްރެޑިޓްނުކޮށް ހުންނަ ސެޓުފިކެޓުތަކާއި ލިޔުންތަކަށް މާކްހެއް ނުދެވޭނެއެވެ.
  • ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އެކަން ކުރާނީ އިންޓަރވިއު ޕެނަލުން އެ ލިޔުންތަކުގެ އަސްލު ބަލައި ޗެކްކުރުމަށްފަހު އޮފީހުންނެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 7952909 އެވެ. އީމެއިލް ކުރައްވާނަމަ މި ސްކޫލުގެ [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ.
05 އޮކްޓޫބަރު 2015