ދިވެހިރާއްޖެ
| 
 މިއީ، ޤާނޫނު ނަންބަރު 2010/7 )ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު( ގެ 22 ވަނަ މާއްދާގެ )ހކ( އިން ބާރުލިބިގެން އެކުލަވާލެވިފައިވާ ކޮޅުމަޑުލު ގުރައިދޫ ފުޓްސަލް ދަނޑު ބޭނުންކުރުމުގެ އުޞޫލެވެ.  | 
 (ހ)  | 
 1.  | 
 ތަޢާރަފާއި ނަން  | 
| 
 މި އުޞޫލުގެ މަޤްޞަދަކީ ކޮޅުމަޑުލު ގުރައިދޫ ފުޓްސަލް ދަނޑު ވަކި އުޞޫލެއްގެ ތެރެއިން ބޭނުންކުރުމާއި، ހަމަހަމަކަމާއެކު އިންތިޒާމުވެފައިވާ ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިކޮށްދިނުމާއި އަދި ފީނެގުމުގެ ކަންކަން ހަމަޖެއްސުމެވެ.  | 
 (ހ)  | 
 2.  | 
 މަޤްޞަދު  | 
| 
 ފުޓްސަލް ދަނޑު ބޭނުންކުރެވޭނީ ހަމައެކަނި، ފުޓްސަލް، ފުޓްބޯލަ އަދި ހޭންޑްބޯލް ކުޅުމަށެވެ.  | 
 (ހ)  | 
 3.  | 
 ފުޓްސަލް ދަނޑު ބޭނުންކުރެވޭނެ ކަންކަން  | 
| 
 ފުޓްސަލް ދަނޑު ބޭނުންކުރެވޭނީ ތިރީގައި މިވާ ގަޑިތަކުގައެވެ. 
  | 
 (ހ)  | 
 
  | 
 ފުޓްސަލް ދަނޑު ބޭނުންކުރެވޭނެ ގަޑިތައް  | 
| 
 ސްކޫލް ދަރިވަރުންނަށް ދަނޑު ބޭނުންކުރެވޭނީ ޒިންމާވާ ފަރާތެއް މެދުވެރިކޮށް އެދުމުން ކައުންސިލުން އެހުއްދަ ލިބުމުންނެވެ.  | 
 (ހ)  | 
 
  | 
 ސްކޫލް ކުދިން ދަނޑު ބޭނުން ކުރުން  | 
| 
 ސްކޫލު ކުދިން ދަނޑު ބޭނުންކުރާ ވަގުތު ދަނޑުގައި އެކުދިންނަށް ޒިންމާވާ ފަރާތެއް ހުންނަންވާނެއެވެ.  | 
 (ށ)  | 
 
  | 
 
  | 
| 
 ތިރީގައިވާ ބޭނުންތަކަށް ތ. ގުރައިދޫ ފުޓްސަލްދަނޑު ކުއްޔަށް ދެވިދާނެއެވެ. 1. ފީ ނަގައިގެން ހިންގާ ކުޅިވަރު މުބާރާތްތަކަށް،  | 
 (ހ)  | 
 4  | 
 ދަނޑު ކުއްޔަށް ދޫކުރުން  | 
| 
 ދަނޑު ކުއްޔަށް ހިފާ ފަރާތްތަކުން ކުއްޔަށް ހިފަން ބޭނުންވާ ތާރީޚުގެ 5 ދުވަސްކުރިން ކައުންސިލަށް އެދި ހުށަހަޅަންވާނެއެވެ. އަދި މި ހުށަހެޅުމުގައި، ތިރީގައިވާ ކަންކަން ފުރިހަމަވާންވާނެއެވެ. 
  | 
 (ށ)  | 
 
  | 
 
  | 
| 
 ދަނޑު ކުއްޔަށް ހިފާ ފަރާތްތަކުން މިއުޞޫލާ އެއްގޮތަށް ޢަމަލުކުރަންވާނެއެވެ.  | 
 (ނ)  | 
 
  | 
 
  | 
| 
 ކުޅިވަރު މުބާރާތްތަކަށްނަމަ، ދުވާލަކަށް 300 ރުފިޔާގެ ފީއެއް ނެގޭނެއެވެ.  | 
 (ހ)  | 
 5.  | 
 ދަނޑުން ފީ ނެގުން  | 
| 
 ދަނޑު ބޭނުންކުރާ ފަރާތްތަކުން ދަނޑު ބޭނުންކުރުމަށްފަހު ސާފުކުރަންވާނެއެވެ.  | 
 (ހ)  | 
 6.  | 
 ދަނޑު ސާފުކޮށް ބެލެހެއްޓުން  | 
| 
 ދަނޑުގެ އެތެރެއަށާއި ވަށައިގެންވާ ސަރަޙައްދަށް ކުނިއެޅުމަކީ މަނާކަމެކެވެ.  | 
 (ށ)  | 
 
  | 
 
  | 
| 
 ފުޓްސަލް ދަނޑުގައި ކުރުން މަނާކަންކަން ތިރީގައި މިވަނީއެވެ. 
  | 
 (ހ)  | 
 7.  | 
 ދަނޑުގައި ކުރުން މަނާ ކަންކަން  | 
  | 
 (ހ)  | 
 8.  | 
 ދަނޑަށް ލިބޭ ގެއްލުން 
  | 
| 
 ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ޢަދަދު ކަނޑައަޅާނީ، ލިބިފައިވާ ގެއްލުމުގެ ކުޑަބޮޑުމިނަށްބަލައި ކައުންސިލުންނެވެ.  | 
 (ށ)  | 
 
  | 
 
  | 
| 
 މި އުޞޫލާއި ޚިލާފަށް ނުވަތަ މި އުޞޫލުގައި ކުރުން މަނާ އެއްވެސް މަސައްކަތެއް ކުރާކަން އެނގިއްޖެ ހިނދެއްގައި، ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު، ދެން އޭގެ ފަހުން އެކަމެއް ތަކުރާރުވާނަމަ، ވަކި މުއްދަތަކަށް އެފަރާތަށް ދަނޑު ބޭނުންކުރުން މަނާކުރެވޭނެއެވެ.  | 
 (ހ)  | 
 9.  | 
 އުޞޫލާ ޚިލާފްވުން  | 
| 
 މި އުޞޫލުގައި ހިމެނިފައި ނުވާ ކަމެއް ދިމާވެއްޖެނަމަ، އެކަމެއްގައި ޢަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ، ކައުންސިލްގެ އާންމު ބައްދަލުވުމަކުންނެވެ.  | 
 (ހ)  | 
 7.  | 
 އުޞޫލުގައި ނެތްކަމެއް ދިމާވުން  | 
| 
 މި އުޞޫލަށް ޢަމަލުކުރަން ފަށާނީ މި އުޞޫލު ކައުންސިލުން ފާސްކޮށް ޢާންމުކުރާ ދުވަހުން ފެށިގެންނެވެ.  | 
 (ހ)  | 
 8.  | 
 ޢަމަލުކުރަންފެށުން  | 
| 
 މި އުޞޫލަށް ބަދަލު ގެނައުމުގެ އިޚްތިޔާރު ލިބިގެންވަނީ ކޮޅުމަޑުލު ގުރައިދޫ ކައުންސިލް އިދާރާއަށެވެ.  | 
 (ހ)  | 
 9.  | 
 އުޞޫލަށް ބަދަލުގެނައުން  |