ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)351/351/2025/55
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 08:14
ސުންގަޑި: 15 ސެޕްޓެންބަރު 2025 13:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަތުރު ކުރާނެ އުޅަނދެއް ހޯދަން ބޭނުންވެއްޖެ

              "ކައުންސިލް ކަޕް 2025" ވޮލީބޯޅަ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދިނުމަށްޓަކައި ގެނައުމަށް ހަމަޖެހިފައިވާ 4 (ހަތަރެއް) ރެފްރީން ދަތުރުކުރާނެ އުޅަނދެއް ހޯދަން ބޭނުންވެއްޖެއެވެ. އެގޮތުން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އދ.މަންދޫއާއި އދ.މާމިގިއްޔާއި ދެމެދު ނުވަތަ އދ.މަންދޫއާއި އދ.މަހިބަދޫއާއި ދެމެދުގައެވެ. އެހެންކަމުން މިދެންނެވި ދަތުރުތައް ކޮށްދެވޭނެ އެކަށީގެންވާ ހިޔާގަނޑުޖެހި ސްޕީޑް ލޯންޗެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ.

ވީމާ، މިދަތުރުތައް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އުޅަނދުގެ މަޢުލޫމާތާއި ދަތުރު ކޮށްދެވޭނެ އަގު ބަޔާންކޮށް ސިޓީއަކުން ނުވަތަ ކޯޓޭޝަންއަކުން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

              ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

20 އޮގަސްޓް 2025