ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)351/351/2025/54
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 08:08
ސުންގަޑި: 15 ސެޕްޓެންބަރު 2025 13:00
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުރުމާއި, ކައްކާ ކާންދިނުމާއި އަދި ދޮވެއިސްތިރިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

              "ކައުންސިލް ކަޕް 2025" ވޮލީބޯޅަ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދިނުމަށްޓަކައި ގެނައުމަށް ހަމަޖެހިފައިވާ 4 (ހަތަރެއް) ރެފްރީންގެ ހުރުމާއި، ކެއުން އަދި ދޮވެއިސްތިރިކުރުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިދެންނެވި މުބާރާތް ކުރިއަށް ގެންދިޔުމަށް ތާވަލްކޮށްފައިވަނީ 20 ސެޕްޓެންބަރު 2025 އިން 27 ސެޕްޓެންބަރު 2025 ގެ ނިޔަލަށެވެ. އެހެންކަމުން މިކަން ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ހުރުން ( ދެ ކޮޓަރި) ހަމަޖައްސައިދޭނެ ތަނުގެ ނަމާއި ރެއަކަށް ޖެހޭނެ އަގު، ކާންދޭނެ ތަނުގެ ނަމާއި އަދި މީހަކަށް ދުވާލަކަށް (04 ވޭލާއަށް - ހެނދުނު ސައި، މެންދުރު ކެއުން، ހަވީރު ސައި އަދި ރޭގަނޑު ކެއުން) ކާންދޭނެ އަގު އަދި ދޮވެއިސްތިރިކުރުމަށް މީހަކަށް ދުވާލަކަށް ޖެހޭނެ އަގު ބަޔާންކޮށް ސިޓީއަކުން މިކައުންސިލަށް ނުވަތަ މިކައުންސިލުގެ އީމެއިލް އެޑްރެސް: [email protected] އަށް 15 ސެޕްޓެންބަރު 2025 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން އަންގަވައިދެއްވުން އެދެމެވެ. އިސްވެ ދެންނެވުނު ކަންކަމުގެ ތެރެއިން ކޮންމެ ކަމަކަށް ވަކިވަކިންވެސް އަގު ހުށައެޅިދާނެއެވެ.   

          ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

20 އޮގަސްޓް 2025