ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)368/368/2025/34
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 15:16
ސުންގަޑި:
25 އޮގަސްޓް 2025 14:00
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
'ރިހާކުރު އައިލެންޑް ސްޕޯޓްސް ފެސްޓިވަލްގެ' މެޗްތައް ލައިވްކުރުމާއި، ފޮޓޯނަގާނެ ފަރާތެއް ހޯދުން
'ރިހާކުރު އައިލެންޑް ސްޕޯޓްސް ފެސްޓިވަލް' 04 ސެޕްޓެމްބަރު 2025 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލްގެ މެޗުތައް ކުރިއަށްދާ ވަގުތުތަކުގައި މެޗުތައް ލައިވް ކުރުމާއި ފޮޓޯނެގުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ކަންކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.
- މެޗުތައް ލައިވް ކުރުމާއި، ފޮޓޯނެގުމަށް އަގުހުށަހަޅާނީ ފޮޓޯ ނެގުމަށް ވަކިކޯޓޭޝަންއެއް އަދި ލައިވްކުރުމަށް ވަކި ކޯޓޭޝަން އެކެވެ.
- މެޗުތައް ލައިވް ކޮށް ފޮޓޯނެގުމަށް އަގުހުށަހަޅާނީ 1 މެޗް ލައިވް ކުރެވޭނެ އަގާއި 1 މެޗް ފޮޓޯނެގޭނެ އަގެވެ.
- މެޗްތައް ލައިވްކުރުމަށް މަދުވެގެން 2 ކެމެރާ )ދެ އޭންގަލްއަކުން( ބޭނުންކުރަންވާނެއެވެ.
- ދަތުރު ޚަރަދާއި ހުރުމާއި ކެއުން ހަމަޖައްސަންވާނީ މިކަން ކުރައްވާ ފަރާތަކުން އަމިއްލައަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2025 އޮގަސްޓް 25 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލް އަށް ކޯޓޭޝަން ފޮނުވައި ދެއްވުންއެދެމެވެ.
އީމެއިލް: [email protected]
20 އޮގަސްޓް 2025