މަސައްކަތް
ނަންބަރު: FAM/IUL/2025/031
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 27 އޮގަސްޓް 2025 15:00
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ފުޓްބޯޅަ ކުޅޭތާ 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށް ރަސްމީ ސިއްކައިގެ ގޮތުގައި ބޭނުންކުރުމަށް ލޯގޯ އާއި ބްރޭންޑިންގެ ތައްޔާރު ކުރުމަށް

ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް

މާލެ، ދިވެހިރާއްޖެ

                                                              ނަންބަރު:FAM/IUL/2025/031  

އިއުލާން

             

        ދިވެހިރާއްޖޭގައި ފުޓްބޯޅަ ކުޅޭތާ 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަ ކުރުމަށް ރަސްމީ ސިއްކައިގެ ގޮތުގައި ބޭނުންކުރުމަށާއި، މި މުނާސަބަތު ފާހަގަ ކުރުމަށް އިންތިޒާމްކޮށްގެން ބާއްވާ މުބާރާތްތަކާއި، އެކިއެކި ހަރަކާތްތަކާއި ރަސްމިއްޔާތުތަކުގައި ބޭނުންކުރުމަށް ލޯގޯ އާއި ބްރޭންޑިންގެ ތައްޔާރު ކުރުމަށް ހުޅުވާލެވޭ ފުރުސަތެކެވެ. މި ލޯގޯ ހިމެނޭ ގޮތަށް ފުޓްބޯޅަށް 75 އަހަރު ފުރުމުގެ ހަރަކާތްތަކުގެ ބްރޭންޑް އައިޑެންޓިޓީ ހިމެނޭ ގޮތަށް ތިރީގައިވާ ތަކެތި ޑިޒައިންކުރަން ބޭނުންވެ އެވެ. މިތަކެތީގެ އެޑިޓަބަލް ވާޝަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ހަވާލުކުރަންވާނެއެވެ.

 1.  ބްރޭންޑް އައިޑެންޓިޓީ

1.1   ލޯގޯ

1.2   ކަލާ ޕެލެޓް

1.3   ޓައިޕޯގްރަފީ

1.4   މިތަކެތި ބޭނުންކުރާނެ ގޮތުގެ ގައިޑްލައިން.

 

 1.  ބްރޭންޑް އައިޑެންޓިޓީ:

ބްރޭންޑިންގައި ބަލަންޖެހޭ މިންގަނޑުތަކާއި ހުށަހަޅަންޖެހޭ ތަކެތި:

  • މި ބްރޭންޑިން އާއި ލޯގޯ ތައްޔާރުކުރަންވާނީ ރަތް، ނޫ، ރީނދޫ، އަދި ފެހި ކުލަ ހިމަނައިގެންނެވެ.
  • ފަރުމާކުރެވޭ ލޯގޯއަކީ ދިވެހި ފުޓްބޯޅައިގެ މާޒީ ރަމްޒުކޮށްދޭފަދަ އަމިއްލަވަންތަ ލޯގޯއަކަށް ވާންވާނެ އެވެ.
  • އެހެން ފަރާތެއްގެ ފިކުރީ މުދަލެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ފަރުމާކުރި ފަރާތުންނެވެ.
  •  ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒުކޮށްދޭ ފަރުމާއަކަށް ވެގެން ނުވާނެއެވެ.
  • ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ދިދަ، ޖާޒީ، ލެޓަރހެޑް އަދި ޓީޝާޓާއި ޖާޒީގެ އިތުރުން ވެބްސައިޓް ފަދަ ތަކެތީގައި ބޭނުންކުރެވޭ ފަދަ ގޮތަކަށެވެ.
  •  ލޯގޯގެ ރިޒޮލިއުޝަން މިންގަނޑަކީ 600DPi ނުވަތަ އެއަށްވުރެ މައްޗެވެ.
  •  ލޯގޯއަކީ ލަކުޑި، ފައިބަރު އަދި މައުދަންތަކުގައި ކަނޑާ ނަގައިގެން ސިފަ ފާޅުކުރެވޭގޮތަށް ފަރުމާ ކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ.
  •  ލޯގޯ ފަރުމާކުރަންވާނީ ވެބް ވާރޝަން، ޕްރިންޓް ކޮލެޓީ ވަރޝަން އަދި SVG ފޯމެޓަށެވެ.
  •  ލޯގޯ ,PSD ,PNG އަދި JPEG ފައިލް އާއި  ލޯގޯގެ ގްރޭ ސްކޭލް އަދި ކުލަކޮށް އޮންނަ PDF ފައިލެއް ހުށަހަޅަންވާނެއެވެ. އަދި ލޯގޯގެ PDF ފައިލް 10 އެމްބީ އަށް ވުރެ އިތުރުވެގެން ނުވާނެއެވެ. ލޯގޯގެ ކުލަ ސޮފްޓް ކޮޕީ ކުލަތަކުގެ ޕެންޓޯން ނަންބަރު އަދި ކުލަ ކޯޑާއެކު ޖޭޕެގް / ޓިޕް ފޯމެޓުގައެވެ.
  •  ލޯގޯ ހުށަހަޅާ ފަރާތުގެ އިތުރު ހުއްދައަކާއިނުލާ ލޯގޯ ބޭނުންކުރުމުގެ ފުރިހަމަ އިހްތިޔާރު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ދޭކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެ އެވެ.
  •  ލޯގޯއިން ރަމްޒުކޮށްދޭ މާނަ އާއި ތަފްސީލް ބަޔާންކޮށްދޭ ލިޔުން ހުށަހަޅަންވާނެ އެވެ.
  • ހުށަހަޅާ ލޯގޯއަކީ މީގެ ކުރިން ފަބްލިޝްކޮށްފައި ނުވަތަ މުބާރާތެއްގައި ބައިވެރިކޮށްފައިވާ ލޯގޯއެއް ކަމުގައި ވެގެން ނުވާނެ އެވެ. މި ލޯގޯ ވާންވާނީ މުޅިން އައު، އަމިއްލަ ވަންތަ ލޯގޯއަކަށެވެ.
  • އެހެން ލޯގޯއެއް އަސްލަކަށް  ބަލައިގެން ފަރުމާކުރާނަމަ އެލޯގޯގެ ކޮޕީ އާއި ތަފްސީލު ހުށަހެޅަންވާނެ އެވެ.

 

ވަނަ ހޮވުން:

  • ހުށަހެޅުންތައް ފުޓްބޯޅަ އެސޯސިއޭޝަނުން ކަނޑައަޅާ ޕެނަލަކުން ޖަޖު ކުރުމަށްފަހު އެއްވަނަ ހޮވައި އިނާމެއް ދެވޭނެއެވެ.

އިނާމް:

  • އެއްވަނަ ބްރޭންޑިން އާއި ލޯގޯ ހުށަހަޅާ ފަރާތަކަށް ފައިސާގެ އިނާމްގެ ގޮތުގައި 15،000ރ. ދެވޭނެއެވެ.  

 

އެއްވަނަ ހޮވުމުގައި ބަލާނެ މިންގަނޑު:

  • އަމިއްލަވަންތަކަން ހިމެނޭ މިންވަރު - ފަންސަވީސް ޕަސަންޓު  

  • ފަރުމާގެ ފުރިހަމަކަން - ފަންސާސް ޕަސަންޓު  
  • ދިވެހި ފުޓްބޯޅައިގެ މާޒީ ދައްކުވައިދީފައިވާ މިންވަރު - ފަނަރަ ޕަސަންޓު.   
  • ތަޖުރިބާ - ދިހަ ޕަސަންޓު.    

 

ޑެޑްލައިންތައް:

  • ބްރޭންޑިން އާއި ލޯގޯ ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ 27 އޯގަސްޓް 2025 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިދަންނަވާ އެޑްރެހަށެވެ.

 

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ވީ.އައި.ޕީ ގޭޓް 1، ގަލޮޅު ރަސްމީ ދަނޑު

ބަނަފްސާ މަގު، މާލެ، ދިވެހިރާއްޖެ

 *  މި އޮފީސް ހުޅުވާފައި ހުންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 15:00 އަށް ކަމުގައި ދެންނެވީމެއެވެ.

 

20 އޯގަސްޓް 2025

20 އޮގަސްޓް 2025