ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)338-ESMS/338/2025/67
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:00
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ގުރައިދޫގައި ރަޖިސްޓްރީކޮށްފައިވާ ގެތަކަށް ދެވިފައިވާ ނަންތަކާއި ގުޅޭ

އިޢުލާން

ކ. ގުރައިދޫގައި ރަޖިސްޓްރީކޮށްފައިވާ ގެތަކަށް ދެވިފައިވާ ނަންތަކާއި ގުޅޭ:

ކ. ގުރައިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބިފައިވާ ފަރާތްތަކުން، ގޯތީގެ ރަޖިސްޓްރީ ހެއްދުމަށް (ގޯތީގެ ނަން) ހުށަހަޅާ އިރު މިއިޢުލާނާއިއެކު ޢާއްމު ކުރެވިފައިވާ ކ. ގުރައިދޫގައި ރަޖިސްޓްރީކޮށްފައިވާ ގެތަކަށް ދެވިފައިވާ ނަން ތަކުގެ ލިސްޓުގައި ހިމެނިފައި ނުވާ ނަމެއް ކިޔުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

20 އޮގަސްޓް 2025