ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)338-ESMS/338/2025/64
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 08:19
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ގުރައިދޫއިން އަލަށް ދޫކުރެވިފައިވާ ގޯތިތަކުގެ އިން ވަކިކުރުމާއި ރަޖިސްޓްރީ ހެދުމާއި ގުޅޭ؛

އިޢުލާން

ކ.ގުރައިދޫއިން އަލަށް ދޫކުރެވިފައިވާ ގޯތިތަކުގެ އިން ވަކިކުރުމާއި ރަޖިސްޓްރީ ހެދުމާއި ގުޅޭ؛

ކ.ގުރައިދޫއިން އަލަށް ދޫކުރެވިފައިވާ ގޯތިތަކުގެ ރަޖިސްޓްރީ ހެއްދުމަށް އެދި ހުށަހަޅާ ފޯމު 20 އޮގަސްޓް 2025 ވާ ބުދަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ އެންމެހައި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ތިރީގައި ދެވިފައިވާ އިރުޝާދާއި އެއްގޮތަށް ގޯތީގެ ރަޖިސްޓްރީ ހެއްދުމަށް ހުށަހަޅުއްވާ، ކަނޑައެޅިފައިވާ މުއްދަތުގައި ލިބިފައިވާ ގޯތީގެ އިން ކައުންސިލުން ފާހަގަކޮށްދޭ ގޮތަށް އިންފާރު ރާނައި ހުށަހަޅަމުން ގެންދިއުމަށް ދަންނަވަމެވެ.

1-         ގޯތިރަޖިސްޓްރީކުރުމަށްހުށަހެޅުމުން ގޯތީގެ އިން ވަކިކޮށްދެވޭނެއެވެ.

2-         ގޯތި ރަޖިސްޓްރީ ދޫކުރެވޭނީގޯތިގެ އިން ވަށައިގެން ތިރިވެގެން ބިމުން މައްޗަށްދެ ފޫޓާ ތިންފޫޓާ ދެމެދުގެ މިންވަރަކަށް ރޭނުމަށްފަހު އެންގުމުންނެވެ.

3-         ގޯތި ރަޖިސްޓްރީ ކުރަން ހުށަހަޅަންވާނީ އެކަމަށްއެދޭ ފޯމު ފުރިހަމަކޮށް، އެފޯމާއިއެކު ހުށަހެޅުމަށް ތިރީގައި ބުނެފައިވާ ތަކެއްޗާއި އެކުގައެވެ.

(ހ) ގޯއްޗަށް ކިޔުމަށްޓަކައި، ގޯތިގޯއްޗަށް ނަންކިޔުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އުސޫލުތަކަށް ފެތޭ ނަމެއް ހުށަހެޅުން. (ގޯއްޗަށް ކިޔުމަށް ނަމެއް ހުށަހަޅާއިރު ރަށުގެ އެއްވެސް ގޯއްޗަކަށް ކިޔާފައިވާ ނަމަކަށް ނުވުން އަދި އަލަށް ކިޔޭ ނަމެއްކަމުގައި ވީނަމަވެސް އެއް ފަރާތަށްވުރެ ގިނަ ފަރާތުން ގެއަށް އެއް ނަމެއް ހުށަހަޅާ ހާލަތުގައި އިސްކަން ދޭނީ ކުރިން ހުށަހެޅި ފަރާތަށެވެ.)

(ށ) ގޯތި ލިބިފައިވާކަމުގެ ލިޔުން.

20 އޮގަސްޓް 2025