ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2025/174
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 15:49
ސުންގަޑި: 26 އޮގަސްޓް 2025 00:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ފޯރމަން

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

ފޯރމަން

ބޭނުންވާ ޢަދަދު

01

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (1  އަހަރު ދުވަހަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އެޑްމިން އެންޑް ޕްރޮޕަޓީ މެނޭޖްމަންޓް  ޑިޕާޓްމަންޓް /މިފްކޯ ހެޑް އޮފީސް

މުސާރަ

10،210.00 އާއި 10,692.00 ދެމެދު ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • އަސާސީ ތައުލީމު ފެންވަރު ހުރުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށްވުން
  • މަގާމާއި ގުޅޭ ދާއިރާއިން 02 އަހަރުގެ ތަޖުރިބާހުރި މީހާކަށްވުން  
  • މަޤާމްގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަން ހުރި  މީހެއް ކަމަށް އިންޓަވިއު ޕެނަލަށް ސާބިތު ކޮށްދިނުން.       

މަޤާމުގެ މަސްޢޫލިއްޔަތު:

  • އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ބަލަހައްޓަމުން ގެންދާ ހެޑްއޮފީހުގެ އެންމެހާ ޖެނެރަލް މެއިންޓިނެންސްގެ މަސައްކަތްތައް ވިލަރެސްކުރުން.
  • ޑިޕާޓްމަންޓުގެ ލޭބާރ ޕޫލްގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ މަސައްކަތް ވިލަރެސްކުރުން
  • ހެޑް އޮފީހުގެ ގޯތި ތެރޭގެ އެންމެހާ އިންތިޒާމް ބެލެހެއްޓުން
  • އޮފީސް އިމާރާތާއި ގުޅުންހުރި އެންމެހާ މަރާމާތުގެ ކަންކަން ވެރިންގެ ސަމާލުކަމަށް ގެނައުމާއެކު އެފަދަ ހުރިހާ މަސައްކަތެއް ރާވައި ހިންގުން
  • މުވައްޒަފުން ތިބޭ އެކޮމޮޑޭޝަންގެ އެންމެހާ ކަންކަން ބެލެހެއްޓުން
  • އޮފީސް ފޮޅާސާފުކުރުމުގެ ހުރިހާ މަސައްކަތެއް ފުރިހަމައަށް ކޮށްފައިވޭތޯ ކަށަވަރު ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަން އަށް ނުވަތަ

އީމެއިލް ކުރައްވާނީ  [email protected]އަށެވެ.

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 26 އޮގަސްޓު 2025 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

19 އޮގަސްޓް 2025