މަސައްކަތް
ނަންބަރު: (IUL)10-F/10/2025/129
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 28 އޮގަސްޓް 2025 11:00
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރު (އެން.އާރްސީ.)ގައި އަލިފާން ނިއްވުމަށް ސްމޯކް ޑިޓެކްޓަރާއިއެކު ފަޔަރ އެލާމް ސިސްޓަމް ޤާއިމް ކުރުމަށް ސަރވޭ ކޮށްދެއްވާނެ ފަރާތެއް ހޯދުން

މި މިނިސްޓްރީގެ ދަށުން ކ. ހިންމަފުށީގައި ހިންގަމުންގެންދާނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރު (އެން.އާރްސީ.)ގައި އަލިފާން ނިއްވުމަށް ސްމޯކް ޑިޓެކްޓަރާއި އެކު ފަޔަރ އެލާމް ސިސްޓަމް ގާއިމް ކުރުމަށް ސަރވޭ ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.    

      މި ބީލަމާ ގުޅިގެން ސަރވޭ ކުރުމަށް ބޭނުންވާ ތަން (ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރު (އެން.އާރްސީ.)) 21 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 08:30 ގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން، ކ.ހިންމަފުއްޓަށް ވަޑައިގެންނެވުމަށް 3 ނަންބަރު ފާލަން (މޯލްޑިވްސް ޕޮލިސް ސަރވިސް) ކުރިމައްޗަށް 21 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހު ހެނދުނު 08:15 ވަޑައިގެންނެވުމުން، މި މިނިސްޓްރީގެ ފައްސިޔަ ލޯންޗުގައި  ދަތުރު ކުރެވޭނެ ކަމުގައި ދަންނަވަމެވެ.  އަދި، 28 އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރީޓީ އެންޑް ޓެކްނޯލޮޖީ / ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން އިދާރީ ގޮތުން ސާފުކުރަންޖެހޭ މަޢުލޫމާތެއްވާނަމަ އެ މައުލޫމާތެއް އިޢުލާން ނަންބަރަށް ރިޢާޔަތްކޮށް، [email protected] އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.         

19 އޮގަސްޓް 2025