މަސައްކަތް
ނަންބަރު: K9C-A/2025/01
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 09 ސެޕްޓެންބަރު 2025 13:00
މުލަކަތޮޅު މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ޕޯޓިކޯގައި ޖަހާފައިވާ ޓައިލްސްތައް ނެއްޓުމަށްފަހު އަލުން ޓައިލްސް ޖެހުމުގެ މަސައްކަތާއި، ވަށާފާރުގައި ހުރި ރެނދުތައް ބައްދައި ކުލަލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުމަށް

`

 
   

 

 

މުލަކަތޮޅު މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓު

މ. މަޑުއްވަރި

ދިވެހިރާއްޖެ

 ނަންބަރު: K9C-A/2025/01

އިޢުލާން

މ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެޕޯޓިކޯގައި ޖަހާފައިވާ ޓައިލްސްތައް ނެއްޓުމަށްފަހު އަލުން ޓައިލްސް ޖެހުމުގެ މަސައްކަތާއި، ވަށާފާރުގައި ހުރި ރެނދުތައް ބައްދައި ކުލަލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

 

މިކޯޓުގެ ޕޯޓިކޯގައި ޖަހާފައިވާ ޓައިލްސްތައް ނެއްޓުމަށްފަހު އަލުން ޓައިލްސް ޖެހުމުގެ މަސައްކަތާއި، ވަށާފާރުގައި ހުރި ރެނދުތައް ބައްދައި ކުލަލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 28 އޮގަސްޓް 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިންރަސްމީ ގަޑީގައިމިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އަންދާސީ ހިސާބު ހުށަހެޅުން

       މި މަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 09 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ 13:00ގައި މި ކޯޓުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި މަސައްކަތުގެ ނަން، ތާރީޚާއި ވަޤުތު އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން، ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީ ކާޑު ގެންނެވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

19 އޮގަސްޓް 2025

19 އޮގަސްޓް 2025