މަސައްކަތް
ނަންބަރު: (IUL)KRH/PLD/2025/90
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި:
31 އޮގަސްޓް 2025 13:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑައިލިސިސް ޔުނިޓް އަޕްގްރޭޑް ކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރުން
މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑައިލިސިސް ޔުނިޓް އަޕްގްރޭޑް ކުރުމަށް ބޭނުންވާ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ. މި އިޢުލާނާ ގުޅިގެން ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތު މި ބީލަމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ރެޖިސްޓްރޭޝަން ލިންކް https://forms.gle/nexuTGforXmQw6Un9 މެދުވެރިކޮށް 19 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުން ފެށިގެން 31 އޮގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.
- ފޯމު ފުރިހަމަ ކުރެއްވުމުން ކޮންފޮމޭޝަން މެސެޖް އީ-މެއިލްގެ ޒަރީއާއިން ލިބި ނުލައްވާނަމަ، ރަސްމީ ގަޑީގައި މި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ނަންބަރު /65281806521531 އަށް ގުޅުއްވައި އެކަން އެންގުމަށްވެސް ދެންނެވީމެވެ.
- މި ބީލަމާއި ގުޅިގެން ކުރަންޖެހޭ މަރާމާތުތަކުގެ ތަފްޞީލު، މި ބީލަމުގައި ރަޖިސްޓްރީ ވުމުން ފޮނުވޭ ކޮންފޮމޭޝަން މެސެޖާއި ރަޖިސްޓަރ ކުރައްވާ ފަރާތާއި ހިއްސާކުރެވޭނެއެވެ. އަދި އީ-މެއިލްގެ ޒަރީއާއިން މި މަޢުލޫމާތު ލިބި ނުލައްވާނަމަ ރަސްމީ ގަޑީގައި މި ހޮސްޕިޓަލަށް ގުޅުއްވައި އެކަން އެންގުމަށްވެސް ދެންނެވީމެވެ.
- މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާނަމަ 19 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުން ފެށިގެން 02 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު، އީ-މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ. އަދި އީ-މެއިލް ފޮނުވުމަށްފަހު މެއިލް ލިބުނުކަން ޔަޤީން ކުރެއްވުމަކީ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތުގެ ޒިންމާއެކެވެ.
- ބީލަން ހުށަހެޅުމަށް މަޢުލޫމާތު ކަރުދާހުގެ އެނެކްސް 04 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވާ ހުށަހަޅަން ވާނެއެވެ.
- ބީލަން ހުށަހެޅުމުގައި މި ބީލަމާއި ގުޅޭ އެންމެހާ މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
- ބީލަން ހުށަހަޅާއިރު ހުށަހަޅަންވާނީ ބީލަން ހުށަހެޅުމަށް އިރުޝާދު ދެވިފައިވާ ގޮތަށް ކަމުގައި ދަންނަވަމެވެ.
- ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
ބީލަން ހުށަހެޅުން
- ތަން: އަލިމަސް މާލަން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)
- ތާރީޚް: 3 ސެޕްޓެމްބަރ 2025 (ބުދަ ދުވަސް)
- ގަޑި: 11:00 ގައި
19 އޮގަސްޓް 2025