މަސައްކަތް
ނަންބަރު: 137-IU/PR/2025 /75
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 15:51
ސުންގަޑި: 26 އޮގަސްޓް 2025 13:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމްހޮސްޕިޓަލުގެހިޔަލަވިންގ 5 ވަނަ ފަންގިފިލާ ރިނޮވޭޓްކޮށްދޭނެފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު 

 

 

އިޢުލާން ނަމްބަރ:   137-IU/PR/2025 /75 

ޕްރޮޖެކްޓް ނަމްބަރ: 137-PR/2025/W-24 

 

ޕްރޮޖެކްޓްގެ ނަން:އައި.ޖީ.އެމްހޮސްޕިޓަލުގެހިޔަލަވިންގ 5 ވަނަ ފަންގިފިލާރިނޮވޭޓްކޮށްދޭނެފަރާތެއް ހޯދުން. 

 

      އައި.ޖީ.އެމްހޮސްޕިޓަލުގެހިޔަލަވިންގ 5 ވަނަ ފަންގިފިލާރިނޮވޭޓްކޮށްދޭނެ ފަރާތެއް ހޯދުމަށް 16 ޖުލައި 2025ގައި ކޮށްފައިވާ ނަމްބަރު 137-IU/PR/2025/69 އިއުލާނަށް ހޮވިފައިވާ ފަރާތުގެ އަގު ބޮޑުކަމަށްވާތި، އެ އިއުލާނު ބާތިލްކޮށް އަލުން ބީލަންހުށަހެޅުމުގެދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. 

ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް 

މި ބީލަމުގައި ބައިވެރިވާ ފަރާތަކީ އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއްކަމުގައިވާންވާނެއެވެ. އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވާންވާނެއެވެ. 

  1. މިބީލަމުގައި ރަޖިސްޓްރީވުމަށް ކުންފުނީގެ ނަމާއި އެޑްރެސް، ރަޖިސްޓްރޭޝަން ނަމްބަރު އަދި  ފޯނު ނަމްބަރު އެގޭނެހެން 18 އޮގަސްޓް 2025 ން ފެށިގެން  24 އޮގަސްޓް 2025އަށް ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް، ފޮނުއްވުން އެދެމެވެ.

    2- މަސައްކަތަށްޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް ބައްދަލުވުން   20 އޮގަސްޓް 2025 ވަނަ ދުވަހު13:00ގައިމިހޮސްޕިޓަލުގެ ޕްރޮކިއުމަންޓްގައި އޮންނާނެއެވެ. އަދި މިބައްދަލުވުމަށްފަހު މަސައްކަތް ކުރާ ސައިޓް ދެއްކުން އޮންނާނެއެވެ. 

    3. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާ ބީލަންތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާތައް ބީލަމުގެ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާނެއެވެ. މިމަސައްކަތާއިބެހޭ އެންމެހާ ލިޔެކިޔުންތައް18 އޮގަސްޓް2025 އިންފެށިގެން މިހޮސްޕިޓަލުގެ ވެބްސައިޓްhttp://www.igmh.gov.mv/publications/tenders  އިން ޑައުލޯޑް ކުރެވެން ހުންނާނެއެވެ.އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ. 

    4. މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 21 އޮގަސްޓް 2025ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސްތަކަށް އީމެއިލް ކުރެއްވުން އެދެމެވެ.  

    5. ބީލަން ހުޅުވުން އޮންނާނީ 26 އޮގަސްޓް 2025 ވަނަ ދުވަހު 13:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކޮށްފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ. 

    6. އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. 

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް 

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، 

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ 

ފޯނު: +960 3335349 ، +960 3335254 

އީމެއިލް[email protected] 

ކޮޕީ: [email protected] 

 

24 ސަފަރު 1447 

18 އޮގަސްޓް  2025 

18 އޮގަސްޓް 2025