ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2025/31
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 25 އޮގަސްޓް 2025 15:00
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮކިއުމަންޓް އެގްޒެކެޓިވް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

                      އިޢުލާން ނަންބަރު: ‭(IUL)MMPRC-HR/1/2025/31 

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: އެސިސްޓެންޓް ޕްރޮކިއުމަންޓް އެގްޒެކެޓިވް

މުސާރަ (މަހަކު) : -/6,809 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/2,383 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/2,043 ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޕްރޮކިއުމަންޓް

ބޭނުންވާ އަދަދު: 1

1. ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. މަޤާމާއި ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ހާސިލްކޮށްފައިވުން (ނުވަތަ)،

ށ.އޭ ލެވެލް ފުރިހަމަކޮށްފައިވުން (ނުވަތަ)،

ނ. ޖީ.ސީ.އީ. އޯލެވެލް ފުރިހަމަކޮށް، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާ އަކުން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ހ.  ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އިސްވެރިޔާ އަދި ޕްރޮކިއުމަންޓް މެނޭޖަރުގެ އިރުޝާދުގެ ދަށުން، ޕްރޮކިއުމަންޓް ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ޕްރޮކިއުމަންޓާ ގުޅުންހުރި އެންމެހައި މަސައްކަތްތައްކުރުން.

ށ. ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ މުވައްޒަފުންގެ މެދުގައި އެކުވެރި އަދި އުފެއްދުންތެރި މަސައްކަތުގެ މާޙައުލެއް ޤާއިމުކުރުން.

ނ. ހަވާލުކުރެވޭ، ރޯޑްޝޯތަކާއި އަދި އެހެނިހެން ޙަރަކާތްތަކާއި ގުޅޭ އެންމެހައި މަސައްކަތްތައް ޒިންމާދާރުކަމާއި އެކު އަދާކުރުމާއި، ޕްރޮކިއުމަންޓް ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން، ކަނޑައެޅިފައިވާ ވަގުތައް ނިންމުން.

ރ.  މުދަލާއި ޚިދުމަތްތައް ހޯދުމާއި، އަދި ހުރިހާ ޕްރޮކިއުމަންޓް ޙަރަކާތްތަކެއް ހިންގަނީ ކަނޑައަޅާފައިވާ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކޮށް އެމަސައްކަތް ކުރުން.

ބ. ކޯޕަރޭޝަނުން ކުރިއަށް ގެންދާ ހަރަކާތްތަކަށް ޕްރޮމޯޝަނަލް ތަކެތި ޕެކްކުރަން ޖެހިއްޖެ ހިނދެއްގައި އެމަސައްކަތުގައި ބައިވެރިވުން.

ޅ. ވެންޑަރސްއަށް ޖަވާބުދާރީ ވާންޖެހޭ ހާލަތްތަކުގައި ޖަވާބުދާރީވެ މަޢުލޫމާތު ފޯރުކޮށްދިނުން.  

ކ. ސިންގަލް ސޯސް ޕްރޮކިއުމަންޓް ލިޔެކިޔުންތައް ތައްޔާރުކޮށް، ޕްރޮކިއުމަންޓް މެނޭޖަރާ ހިއްސާކުރުމަށްފަހު، ބޯޑު އޮފް ޑައިރެކްޓަރުންގެ ހުއްދައަށް ހުށަހެޅުމުގެ ކުރިން ޑިޕާޓްމަންޓުގެ އިސްވެރިޔާއާ (އެޗް.އޯ.ޑީ) ހިއްސާކުރުން.

އ.  ޙަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅުންހުރި ބިޑް އިވެލުއޭޝަން ބައްދަލުވުންތައް އިންތިޒާމުކޮށް، ބައްދަލުވުމުގެ ޔައުމިއްޔާ ތައްޔާރުކޮށް، އިވެލުއޭޝަން ރިޕޯޓުތަކާއި، އެވޯޑު ސިޓީ އަދި އެހެނިހެން ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރުކުރުން.

ވ. ހަވާލުކުރެވިފައިވާ މަސައްކަތްތަކާ ގުޅުންހުރި ޕްރޮކިއުމަންޓް ރެކޯޑުތައް އަޕްޑޭޓްކޮށް، ކަނޑައެޅިފައިވާ ފޯލްޑަރގައި ސޭވްކުރުރުމާއި،އަދި ރައްކާތެރިކަމާއެކު ފައިލްކޮށް، އަޕްޑޭޓްކުރެވިފައިވާކަން ޔަޤީންކުންކުރުން.

މ.  ޙަވާލުކުރެވިފައިވާ މަސައްކަތްތަކުގެ އަޕްޓޭޑް، ކޮންމެ ދުވަހަކު ޑިޕާޓްމަންޓް ހެޑަށާއި މެނޭޖަރަށް އަޕްޑޭޓްކުރުން.

ފ. މުހިއްމު މަސައްކަތް ތަކުގައި އާއި، ޙަވާލުކުރެވިފައިވާ މަސައްކަތްތަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ޑިޕާޓްމަންޓުގެ އިސްވެރިޔާ (އެޗް.އޯ.ޑީ) އާއި ޕްރޮކިއުމަންޓް މެނޭޖަރުގެ ލަފައާއި މަޝްވަރާ ހޯދުން.

ދ. ޑިޕާޓްމަންޓުގެ މަސައްކަތްތަކުގައި ޓީމުގެ އެހެން މެމްބަރުންނަށް އެހީތެރިކަން ދޭންޖެހޭ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުން.

ތ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާ އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.  

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

25 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5. އިތުރު މަޢުލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

6. އެޑްރެސް ކުރައްވާނީ:

އިބްރާޙީމް ޝިޢުރީ، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

18 އޮގަސްޓް 2025