ބީލަން
ނަންބަރު: (IUL)273/273/2025/33
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 13:49
ސުންގަޑި: 25 އޮގަސްޓް 2025 14:00
މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ގޮއިދޫ އާރު.ޓީ.އެލް ފެރީ ގިމަތައިގެ ތެރޭގައިވާ ކިއޮސްކް ކުއްޔަށް ދޫކުރުމަށް އަލުން ހުޅުވާލުން.

އިޢުލާން

ށ. ގޮއިދޫ އާރު.ޓީ.އެލް ފެރީ ގިމަތައިގެ ތެރޭގައިވާ ކިއޮސްކް ކުއްޔަށް ދޫކުރުމަށް އަލުން ހުޅުވާލުން.

                  މިއިދާރާގެ ނަންބަރު: (IUL)273/273/2025/27 ( 30 ޖުލައި 2025 )  އިއުލާނަށް ކުރިމަތިލީ ފަރާތްތަކުން ހުށަހަޅާފައިވާ  ފްރޮޕޯސަލްގައިވާ މައުލޫމާތުތައް ފުރިހަމަ ނުވާތީ އެއިއުލާން ބާތިލުކޮށް، ށ. ގޮއިދޫ އާރު.ޓީ.އެލް ފެރީ ގިމަތައިގެ ތެރޭގައިވާ ކިއޮސްކް، ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ޙިދުމަތް ދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

                   ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ކުންފުނިތަކުން 25 އޮގަސްޓް 2025 ގެ 14:00  ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކޮށް [email protected]  އަށް މެއިލް ކުރެއްވުމަށްފަހު ތިރީގައި މި ދަންނަވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަމުގެ މަޢުލޫމާތު ކަރުދާސް ބީލަމުގެ ރަޖިސްޓްރީ ވާ ފަރާތްތަކަށް 26 އޮގަސްޓް 2025 ގެ 14:00 ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ. އަދި ބީލަން ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު  ދެވެންނެތް ވާހަކަ ދަންނަވަމެވެ.

#

 

ތަން

ތާރީޚް

ގަޑި

1

ބީލަމުގައި ރަޖިސްޓްރީވުމަށް

ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް [email protected]  އަށް މެއިލް ކުރައްވައިގެންނެވެ.

18 އޮގަސްޓް 2025 ފެށިގެން 25 އޮގަސްޓް 2025

14:00 އަށް

2

ބީލަމުގެ މަޢުލޫމާތު ސެޝަން

ށ.ގޮއިދޫ ކައުންސިލް އިދާރާގެ މީޓިން ރޫމް

26 އޮގަސްޓް 2025

13:00 ގައި

3

ބީލަމުގެ މަޢުލޫމާތު ކަރުދާސް ފޮނުވުން

ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ.

26 އޮގަސްޓް 2025

14:00 ކުރިން

4

ބީލަން ހުށަހެޅުން

ށ.ގޮއިދޫ ކައުންސިލް އިދާރާގެ މީޓިން ރޫމް

01 ސެޕްޓެމްބަރ 2025

13:00 އަށް

                     މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިއިދާރާގެ ނަންބަރު 9606540043  ފޯނާއި ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ވަޑައިގަތުމުން  ސާފުކޮށްދެވޭނެއެވެ.

                     ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

18 އޮގަސްޓް 2025