ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2025/57
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 28 އޮގަސްޓް 2025 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިންތައް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި

 

 

 

 

 

 

 

އިޢުލާން

މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައި މިދަންނަވާ ބިންތައް ޑިޒައިން ކުރުމާ އަދި ސަރުކާރުން ފާސްކޮށްދީފައިވާ ފ. ނިލަންދޫގެ ލޭންޑްޔޫސް ޕްލޭނަށް ގެންނަން ބޭނުންވާ ބަދަލުތަކާއެކު ނިލަންދޫގެ ބިމުގެ ޗާޓް ކުރަހައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

  • ދަތުރުދާ ސަރަހައްދު
  • ހެދި ގޮނޑުދޮށް
  • ބޮޑުތަކުރުފާނު މަގު
  • އަލަށްހަދާ ބަނދަރު ސަރަހައްދު
  • އާސާރީ ސަރަހައްދު
  • މަރިޔާދުގެ

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 އޮގަސްޓް 28 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  އަންދާސީ ހިސާބު ހުށަހެޅުމާއި ކެނޑުން އޮންނާނީ ފ. ނިލަންދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.  ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެފަރާތެއްގެ ނަމުގައި 01 އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ފ. ނިލަންދޫ ކައުންސިލުން ޑިޒައިން ކުރުމަށް ބޭނުންވާ ބިންތައް ޑިޒައިންކުރުމާއި، ލޭންޑް ޔޫސް ޕްލޭނަށް ގެންނަން ބޭނުންވާ ބަދަލުތަކާއެކު ނިލަންދޫގެ ބިމުގެ ޗާޓް ކުރަހައިދޭނެ ފަރާތެއް ހޯދުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

މިމަސައްކަތްތަކާގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށަހަޅާފޯމު މިއިދާރާގެ ކައުންޓަރުންނާއި ފޭސްބުކް ޕޭޖާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބުނެފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ ކަނޑައަޅާފައިވާ ގަޑިއަށް އެދުވަސް ހަމަޖެއްސޭނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލްގެ ރައީސް ޢަލީ އަޙްމަދު (9991408) އާ ގުޅުއްވުން އެދެމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

23 ޞަފަރު 1447

17 އޮގަސްޓް 2025

 

17 އޮގަސްޓް 2025