މަސައްކަތް
ނަންބަރު: (IUL)BAH-AHR/BAH/2025/74
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 13:14
ސުންގަޑި: 20 އޮގަސްޓް 2025 10:00
ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ބ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ބޭނުންކުރާ ލޯންޑްރީއަށް އިތުރުކުރާބަޔަށް 1 އެލްމެނިއަމް ދޮރާއި 2 ދޮރުފަތް ޖެހުމަށް ބޭނުންވާ ( ކޯޓޭޝަން ) ހުށައެޅުމަށް ހުޅުވާލުން.

ބ.އަތޮޅު ހޮސްޕިޓަލުގައި މިހާރު ބޭނުންކުރާ ލޯންޑްރީއަށް އިތުރުކުރާބަޔަށް 1 އެލްމެނިއަމް ދޮރާއި 2 ދޮރުފަތް ޖަހަން ބޭނުންވާތީ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިކަމަށް އެދި ކޯޓޭޝަން ހުށައަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ އެންމެ ކޯޓޭޝަނެކެވެ. ގަޑި ޖެހުމަށްފަހު ހުށައަޅުއްވާ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެއެވެ، އަދި މަޢުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާޠިލްވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަސައްކަތުގެ އަގު ހުށައަޅާއިރު މަސައްކަތުގެ މުއްދަތާއިއެކު ހުށައެޅުމަށްވެސް ދެންނެވީމެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 20 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 10:00 އަށް މިހޮސްޕިޓަލުގެ މީޓިންގ ރޫމަށް ވަޑައިގެން މަސައްކަތުގެ ( ކޯޓޭޝަން ) ހުށައެޅުއްވުން އެދެމެވެ.

މިމަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 7914942 / 9559102 އަށް ގުޅުއްވުން އެދެމެވެ.

18 އޮގަސްޓް 2025