މަސައްކަތް
ނަންބަރު: (IUL)252/252/2025/91
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 10:42
ސުންގަޑި: 19 އޮގަސްޓް 2025 13:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަރަންްޓް މީޓަރ ހަރުކުރުމަށް ބޭނުންވާ ކޮންކްރީޓް ބޭސް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ޢިއުލާން

 

ކަރަންޓް މީޓަރ ހަރުކުރުމަށް ބޭނުންވާ ކޮންކްރީޓް ބޭސް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

                    މިކައުންސިލުންދޭ މައުލޫމާތާ އެއްގޮތަށް ކަރަންޓް މީޓަރ ހަރުކުރުމަށް ބޭނުންވާ ކޮންކްރީޓް ބޭސް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

                ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، ދީފައިވާ މައުލޫމާތު ކަރުދާހުގައިވާ ގޮތަށް ކޯޓޭޝަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ކޯޓޭޝަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޕާރޓްނަރޝިޕް ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

                 ކޯޓޭޝަން ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 19 އޯގަސްޓް 2025 ވަނަދުވަހުގެ 13:00 ގެ ކުރުން މި ކައުންސިލްގެ ޕްރޮކިއުމަޓް މެއިލް [email protected] މެއިލްއެޑްރެހަށް ކޯޓޭޝަން އަދި ވިޔަފާރި ރަޖިސްޓްރޭޝަން ހުށައެޅުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6500023 އަދި ރަސްމީ ނޫންގަޑިތަކުގައި 9566457 ނަމްބަރ ފޯނާއެވެ.

            

 

 

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

17 އޮގަސްޓް 2025