ބީލަން
ނަންބަރު: (IUL)252/252/2025/89
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 25 އޮގަސްޓް 2025 13:00
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އިލެކްޓްރޯފިއުޝަން ވެލްޑިންގ މެޝިން އަދި ޑިވޯޓަރިންގ ޕަމްޕް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ޢިއުލާން

 

މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށްއިލެކްޓްރޯފިއުޝަން ވެލްޑިންގ މެޝިން އަދި ޑިވޯޓަރިންގ ޕަމްޕް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

                   މި އިދާރާގެ ނަންބަރ:(IUL)252/252/2025/85  05 އޯގަސްޓް 2025 ގެ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެއިއުލާނު ބާތިލްކޮށް، މި ކައުންސިލުންދޭ މަޢޫލޫމާތާ އެއްގޮތަށް އިލެކްޓްރޯފިއުޝަން ވެލްޑިންގ މެޝިން އަދި ޑިވޯޓަރިންގ ޕަމްޕް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިއުލާނު ކުރަމެވެ.

                ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، ދީފައިވާ މައުލޫމާތު ކަރުދާހުގައިވާ ގޮތަށް ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޕާރޓްނަރޝިޕް ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.

                 ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

ގޫގުލްފޯމްލިންކް:  https://docs.google.com/forms/d/e/1FAIpQLSdvDPFEeGB7jxvNHrHqjf5eykBmooz1pspqo3fG7E2tJqxu_A/viewform?usp=header

ބީލަން ރަޖިސްޓްރީ ކުރުން

 21 އޯގަސްޓް 2025 ވަނަ ދުވަހުގެ 13:30 ގެކުރިން

ޕްރީ- ބިޑް ބައްދަލުވުން

ބޭއްވުމަށް ހަމަޖެހިފައެއް ނުވޭ

ބީލަން ބަލައިގަތުން

 25 އޯގަސްޓް 2025 ވަނަ ދުވަހުގެ 13:00 ގެކުރިން

ބީލަންތައް ހުޅުވުން

 25 އޯގަސްޓް 2025 ވަނަދުވަހުގެ 13:05ގައި ހއ. ފިއްލަދޫ ކައުންސިލް އިދާރާގައި

 

                ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ: 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

17 އޮގަސްޓް 2025