ތަމްރީނު
ނަންބަރު: MNU-CA-RG/2025/29
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 09:23
ސުންގަޑި: 21 އޮގަސްޓް 2025 14:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޖަޕަނީސް ލޭންގުއޭޖް އެލެމެންޓްރީ 1 ކޯހަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

 

ޖަޕާން ފައުންޑޭޝަންގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޖަޕަނީސް ލޭންގުއޭޖް އެލެމެންޓްރީ 1" ކޯހުގައި ބައިވެރިވުމުގެ މުއްދަތު ވަނީ އިތުރުކުރެވިފައެވެ.މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 21 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ.  މި ކޯހާއިގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުމުން އެ މަޢުލޫމާތެއް ލިބިވަޑައިގަންނަވާނެއެވެ. 

ފެކަލްޓީ އޮފް އާޓްސް

ޖަޕަނީސް ލޭންގުއޭޖް އެލެމެންޓަރީ 1

 

:ކޯސް ފެށޭ ތާރީޚު 

 25 އޮގަސްޓް 2025

:ކޯހުގައި ކިޔަވައިދޭނެ ދުވަސްތަކާއި ވަޤުތުތައް 

 ހޯމަ އަދި ބުދަ ދުވަހުގެ ހަވީރު 18:30 އިން 20:30 އަށް

:ޖާގައިގެ ޢަދަދު 

 30

:ކޯހަށް ވަނުމުގެ ޝަރުތު 

 ޖަޕާނު ބަހުގެ ބޭސިކް ކޯހެއް ނިންމާފައި ވުން ނުވަތަ އެއާ އެއް ފެންވަރު ހުރުން (ޝަރުތު ހަމަވާކަމުގެ ހެކި/ލިޔެކިޔުން ހުށަހަޅަންޖެހޭނެ)

:ކޯސް ހިންގޭނެ ގޮތް 

 ބްލެންޑެޑް ކޮށް : 6 ވަނަ ހަފްތާ (29 ސެޕްޓެންބަރު އަދި 1 އޮކްޓޫބަރު) އަދި 11 ވަނަ ހަފްތާ (10 އަދި 12 ނޮވެންބަރު) ގައި ކްލާސްތަކަށް ހާޒިރު ވެގެން. އަނެއް 13 ހަފްތާގައި އޮންލައިން ކޮށް

:ކޯހުގެ މުއްދަތު 

 15 ހަފުތާ

:އުމުރުފުރާ 

 12 އަހަރުން މަތި

:ކޯސް ފީ 

 -/900

 

ކޯހަށް އެޕްލައި ކުރުމަށް މި ލިންކަށް ފިއްތާލައްވާ:

Application Form - Japanese Language Elementary 1

 

24 ޞަފަރު 1447

18 އޮގަސްޓް 2025