ކުއްޔަށް ދިނުން
ނަންބަރު: (IUL)265/265/2025/42
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 22:13
ސުންގަޑި: 25 އޮގަސްޓް 2025 13:00
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ކުރިނބީ ރައްޔިތު 64 ރުއް ވަރުވާއަށް ދޫކޮށްލުން

ހދ. ކުރިނބީ ރައްޔިތު 64 ރުއް 1 އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، ރުއްތައް ވަރުވާއަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހެޅުއްވުން

ތަން: ހދ. ކުރިނބީ ކައުންސިލްގެ އިދާރާގައި

ތާރީޚް: 25 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ 13:00

 

އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ކަރުދާހާއި އަގުހުށަހަޅާ ޝީޓް މި އިޢުލާނާއިއެކު އާންމުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 އޮގަސްޓް 2025
17 އޮގަސްޓް 2025