ޢާންމު މަޢުލޫމާތު
ނަންބަރު: GS205/IUL/2025/011
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 21 އޮގަސްޓް 2025 14:00
ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
2026 ވަނަ އަހަރު މިސްކޫލުގެ ގްރޭޑް ތަކަށް ކުދިން ވެއްދުމާއި ބެހޭ

2026 ގެ ދިރާސީ އަހަރު ސްކޫލަށް ކުދިން ވެއްދުމާ ގުޅޭ

2026 ވަނަ އަހަރަށް  މިސްކޫލުގެ ތިރީގައި މިދަންނަވާ ގްރޭޑްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ. 

ގްރޭޑް

  2026 ވަނަ އަހަރު ކުދިން ވައްދާ އުމުރުފުރާ

އެލް ކޭ ޖީ

2025 ޑިސެންބަރު 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން

ޔޫ ކޭ ޖީ

2025 ޑިސެންބަރު 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރުން، އަދި 2025 ވަނަ ދިރާސީ އަހަރު އެލްކޭޖީ ފުރިހަމަ ކޮށްފައިވާ ހުރިހައި ދަރިވަރުން 2026 ވަނަ ދިރާސީ އަހަރު ޔޫކޭޖީ އަށް ބަދަލުކުރެވޭނެއެވެ. 

ގްރޭޑް 1

2025 ޑިސެންބަރު 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރުން، އަދި

2025 ދިރާސީ އަހަރު ޔޫކޭޖީ ފުރިހަމަކޮށްފައިވާ ހުރިހައި ދަރިވަރުން 2026 ވަނަ އަހަރު ދިރާސީ އަހަރު ގްރޭޑް 1 އަކަށް ބަދަލުކުރެވޭނެއެވެ.

އެލްކޭޖީއަށް ކުއްޖަކު ވައްދާނީ ނިމުނު އަހަރުގެ ޑިސެންބަރު 31 އަށް އުމުރުން 4 އަހަރު ފުރިފައިވާ ކުދިންނަށް ކަމުގައި

ކަނޑައަޅާފައިވީ ނަމަވެސް ހިނގާ އަހަރުގެ 31 މާރިޗުގެ ނިޔަލަށް 4 އަހަރު ފުރޭ ކުދިންނަށް އެލްކޭޖީ އަށް ވަނުމުގެ ފުރުސަތު

ބެލެނިވެރިޔާ އެދިއްޖެ ނަމަ އެކުއްޖަކަށް ދެވިދާނެއެވެ. (1 ޖަނަވަރީ 2026 އިން 31 މާރިޗް 2026 އަށް 4 އަހަރު ފުރި

5 އަހަރު ނުފުރޭ ކުދިން)

އެއްވެސް ދަރިވަރަކު ހިނގަމުންދާ ދިރާސީ އަހަރެއްގެ މެދުތެރޭގައި އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލު ނުކުރެވޭނެއެވެ.

އެލްކޭޖީ އަށް ކުދިން ވެއްދުމުގައި 4 އަހަރު ފުރިހަމަވެފައިވޭތޯ ބަލާނީ، އެ ދިރާސީ އަހަރަކަށް ކުދިން ވެއްދުމަށް އުމުރު

ހަމަކުރުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ދުވަހަށް 4 އަހަރު ފުރިހަމަވުމުންނެވެ.

ދިރާސީ އަހަރު ފެށޭ ފަހުން 4 އަހަރުވެފައިވާ ކުދިން، ހިނގަމުންދާ ދިރާސީ އަހަރެއްގެ ތެރޭގައި އެލްކޭޖީ އަކަށް ނުވައްދާނެއެވެ.

ވީމާ، މިދެންނެވި އުމުރުފުރާތަކުގެ ކުދިން ސްކޫލަށް ވައްދަން އެދޭ ބެލެނިވެރިން 21 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00

ގެ ކުރިން ސްކޫލް އޮފީހަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ސްކޫލު އޮފީހުން ލިބެންހުންނާނެއެވެ.

އިތުރުމައުލޫމާތު ހޯއްދެވުމަށް މިސްކޫލުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ހައިޝިއްޔާ ނަޖީބު (7973947) އާއި ގުޅުއްވުން އެދެމެވެ.

17 އޮގަސްޓް 2025