ބީލަން
ނަންބަރު: (IUL)364-ESMS/364/2025/45
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 27 އޮގަސްޓް 2025 13:00
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. މުލަކު އިރުމަތީ ފަރާތު ކުޅިވަރު ބިން ލެވެލް ކުރުމުގެ މަސައްކަތާއި އެތަނުގައި ޤާއިމްކުރެވޭ ވޮލީ ކޯޓުގެ މަސައްކަތް ކޮށްދޭން ފަރާތެއް ހޯދުން

މ. މުލަކު އިރުމަތީ ފަރާތު ކުޅިވަރު ބިން ލެވެލް ކުރުމުގެ މަސައްކަތާއި އެތަނުގައި ޤާއިމްކުރެވޭ ވޮލީ ކޯޓުގެ މަސައްކަތް ކޮށްދޭން ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2025 އޯގަސްޓް 17 ން 2025 އޯގަސްޓް 27 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. މިގޮތުން ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އަދި ބިޑް ރަޖިސްޓްރީކުރުމަށް އަމަލުކުރަންވީގޮތް މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

  • ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:

https://forms.office.com/r/mfsByjWxu8?origin=lprLink

މި ޕްރޮޖެކްޓާއި ގުޅޭ ޕްރީބިޑް މިޓީން 2025 އޯގަސްޓް 28 ވަނަ ދުވަހުގެ 13:00 ގައި މުލަކު ކައުންސިލުގެ ޖަލްސާ ކުރާމާލަމުގައި އޮންނާނެއެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އޯގަސްޓް 29 ވަނަ ދުވަހުގެކުރިން މި އިޢުލާނުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 އޯގަސްޓް 31 ވަނަ ދުވަހުގެ 13:00 ގައި މ. މުލަކު ކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔަންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ. މި ކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.   އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމްތައް ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނު ނަންބަރު : 18/2014 ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

      މުލަކަތޮޅު މުލަކުކައުންސިލް އިދާރާ

      މ. މުލައް

      ފޯން:  9682182 / 6723713

      އީމެއިލް: [email protected]

 

ނޯޓް: މިއީ މިމަސައްކާތާއި ގުޅިގެން ކުރެވުނު 02 ވަނަ އިޢުލާނެވެ. މިމަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރެވުނު އިޢުލާން ނަންބަރ  (IUL)364-ESMS/364/2025/34އާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގަކީ އެކަށީގެންވާ އަގަކަށްނުވާތީ، އެއިޢުލާން ބާތިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

17 އޮގަސްޓް 2025