ވަޒީފާގެ ފުރުޞަތު
ނަންބަރު: MMS-A/2015/18
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:38
ސުންގަޑި: 20 އޮކްޓޫބަރު 2015 12:00
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ.އެސް.3

އޮފިސަރ ގްރޭޑް 1

މުސާރައާއި އިނާޔަތްތައް

މުސާރަ: -/4,465 ރ ، ސަރވިސް އެލަވަންސް: -/1500 ރ އަދި ސްޕެޝަލްޑިއުޓީ އެލަވަންސް 1562/75ރ

އަދި ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން ކޮއްތުފައިސާ ދެވޭނެއެވެ. މީގެ އިތުރުން (އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ހުޅުލެ / މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް /އެޑްމިން

ބޭނުންވާ އަދަދު

01

ޝަރުޠު

1. އޮފީސް އެޑްމިނިސްޓްރޭޝަން / އޮފީސް މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާ އިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިސަރވިސް އާއި މިސަރވިސްގެ ދަށުން ހިންގާ އޮފީސްތަކަށް ބޭނުންވާ ތަކެތި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހޯދުން، ވެރިއެއްގެ ހުއްދަ ލިބުމުން އެތަކެތި މަސައްކަތު މީހުން މާލެ ފޮނުވައިގެން އޮފީހަށް ގެނައުމުގެ މަސައްކަތް ކުރުން.
  2. ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ސްޓޮކް ބެލެހެއްޓުން އަދި ސެކްޝަންތަކަށް ބޭނުންވާތަކެތި (ސްޓޮކުން) ދޫކުރުން.
  3. ހޯދާ ތަކެއްޗާއި ޚިދުމަތާގުޅިގެން ލިބޭ އިންވޮއިސްތައް ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަކޮށް ފައިސާ ދެއްކުމަށްޓަކައި އިންވޮއިސް ލިބޭދުވަހު ނުވަތަ ލަސްވެގެން 3 ދުވަހުގެ ތެރޭގައި ފައިނޭންސް ޔުނިޓަށް ފޮނުވުން.
  4. މުވައްޒަފުންގެ ފެރީ/ބަސް ދަތުރުގެ ޓިކެޓް ހޯދާ މުވައްޒަފުންނާ ހަވާލުކުރުން.
  5. ރާއްޖެތެރޭގެ މެޓް އޮފީސްތަކަށް ބޭނުންވާ ތަކެތި ހޯދައި ތައްޔާރުކޮށް (އެއަރކާގޯއިން ނުވަތަ ކަނޑުމަގުން) އެފަރާތްތަކަށް ފޮނުވުން. އަދި ރާއްޖެތެރޭގެ މެޓް އޮފީސްތަކުން އަންނަ ތަކެތި (އެއަރކާގޯއިން ނުވަތަ ކަނޑުމަގުން) އޮފީހަށް ގެނައުމުގެ މަސައްކަތް ކުރުން.
  6. އެއަރޕޯޓަށް އަރާ ފާސް ހެއްދުމުގެ މަސައްކަތް ކުރުން.
  7. އޮފީހުގެ ބޭނުމަށް ޗާޕުކުރަންޖެހޭ ތަކެތި ޗާޕުކުރުމުގެ މަސައްކަތް ކުރުން.
  8. އޮފީހުގެ އިމާރާތުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކުރުވުމަށް އިޢުލާން ކުރުމާއި އެކަމާބެހޭ ލިޔެކިޔުން ތައްޔާރުކޮށް އެމަސައްކަތަކަށް ހޮވޭ ފަރާތަށް މަސައްކަތް ހަވާލުކުރުމުގެ މަސައްކަތް ކުރުން.
  9. ފައިލްކުރަންޖެހޭ ލިޔުންތައް ދުވަހުންދުވަހަށް ފަސޭހައިން ފެންނާނެ ގޮތަކަށް ފައިލްކުރުން.
  10. އެކިކަންކަމަށް އިޢުލާން ކުރެވިގެން ކުރަންޖެހޭ މަސައްކަތުގެ ތަފުސީލާއި އެއްބަސްވުންތައް ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ތައްޔާރުކުރުން.
  11. މަސައްކަތު މީހުންނާއި މަަސައްކަތް ހަވާލުކުރުމާއި އެމުވައްޒަފުން ލައްވާ މަސައްކަތް ކުރުވުމާއި ކުރާ މަސައްކަތްތައް ބަލައި ޗެކުކުރުން.
  12. އިމާރާތާއި އިމާރާތުގެ ސަރަޙައްދު މަސައްކަތު މުވައްޒަފުން ލައްވައި ސާފުކުރުވައި ބެލެހެއްޓުން.
  13. ވަކި މުވައްޒަފަކާ ހަވާލުވެފައިވާ މަސައްކަތްތައް މުވައްޒަފަކު ނެތް ހިނދެއްގައި (އެޑްމިން ދާއިރާއިން) ބޭނުންވާ ލިޔެކިޔުން ތައްޔާރުކޮށް އެފަރާތްތަކަށް ފޮނުވައިދިނުން.
  14. އެޑްމިންސްޓްރޭޓިވް ޔުނިޓުން ކުރާ އެހެނިހެން މަސައްކަތުގައި އެހީތެރިވުމާއި، ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3332612 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މައިކްރޯސޮފްޓް އޮފީސް ޕެކެޖަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.
  2. ދިވެހިބަހާއި، އިނގިރޭސިބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގޭ ފަރާތަކަށްވުން.
  3. ދައުލަތުގެ މާލިއްޔަތު ގަވާއިދާއި، ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.
  4. ދިވެހިބަހާއި، އިނގިރޭސިބަހުން ވަޒީފާއާ ގުޅުންހުރި ލިޔުންތައް ތައްޔާރުކުރަން އެނގޭ ފަރާތަކަށްވުން.
  5. ޕްރޮކިއުމެންޓްގެ މަސައްކަތާގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ލިބިވަޑައިގަންނަވާނެއެވެ. އަދި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލްސަރވިސް ގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަންއެނގޭ ފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސިވިލްސަރވިސް ގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 20 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (ހުޅުލެ) އަށް.
  •  އިންޓަރވިއު އަދި ޕްރެކްޓިކަލް އާއި އިމްތިޙާނު ކުރުން 25 އޮކްޓޫބަރު 2015 އާއި 29 އޮކްޓޫބަރު 2015 އާ ދެމެދުގައި މި ސަރވިސްގައި އޮންނާނެއެވެ.

16 ޛުލްޙިއްޖާ 1436

30 ސެޕްޓެންބަރު 2015