ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)166/166/2015/121
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 13 އޮކްޓޫބަރު 2015 14:29
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސީނިއަރ ޕްރޮގްރާމް އޮފިސަރ

މި އިޢުލާނަކީ މިޑިޕާޓްމަންޓްގެ ނަންބަރު IUL)166/166/2015/73)ފ(10 ޖޫން 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ ފަރާތަކުން ކުރިމަތިލާފައިނުވާތީ އަލުން ކުރެވިފައިވާ އިޢުލާނެކެވެ.

   މަޤާމު:                      ސީނިއަރ ޕްރޮގްރާމް އޮފިސަރ

   ބޭނުންވާ އަދަދު:                 01

   ރޭންކް:                      އެމް. އެސް 2

   ކްލެސިފިކޭޝަން:                ޓެކްނިކަލް އޮފިސަރ ގްރޭޑް 2  

   މުސާރަ:                     -/6295 ރުފިޔާ

   ސަރވިސް އެލަވަންސް:            -/2000 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:              ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

   ގިންތި:                      ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:      ސްކޮލަޝިޕް ސެކްޝަން/  ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ބައިލެޓަރަލް އެހީގެ ދަށުން ލިބޭ ދިގުމުއްދަތުގެ ފުލް އަދި ޕާޝަލް ސްކޮލަރޝިޕްސްގެ މަސައްކަތްކުރުން. (މި ސްކޮލަރޝިޕްތަކުގެ ދަށުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން).

- ތަމްރީނު ދިނުމާއި ހުނަރުވެރިކަން ތަރައްޤީ ކުރުމަށް ލަފާދޭ ކޮމިޓީގެ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން.

- ގަވާއިދުން ސްޓައިޕެންޑް ރޭޓްތައް ރިވައިޒް ކުރުމާއި އަލަށް ގެނެވޭ ބަދަލުތައް ނުވަތަ އާ ޤައުމުތަކަށް ރޭޓްތައް ހަމަޖައްސައި އެޕްރޫވް ކުރުމަށް ސްކޮލަރޝިޕް ބޯޑަށް ހުށަހެޅުމުގެ މަސައްކަތް ކުރުން.

- ސަރުކާރު އޮފީސްތަކުގެ ޓްރެއިނިންގ ރިކްއަރމަންޓާއި ސްކިލް ޝޯޓޭޖް ލިސްޓު ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ސްކޮލަރޝިޕްސްތަކުގެ ކްރައިޓީރިޔާ ހަދައި ރިވައިސްކޮށް ބެލެހެއްޓުން.

- ސެކްޝަންގެ މަސައްކަތާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ޕޮލިސީ ކަރުދާސްތައް ތައްޔާރުކުރުން.

ޝަރުޠު:

1. މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަންރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސެޕްވައިޒަރީ ރޯލް ހިމެނޭގޮތަށް ހިންގުމުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަންރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސެޕްވައިޒަރީ ރޯލް ހިމެނޭގޮތަށް ހިންގުމުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަންރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

4. މެނޭޖްމަންޓް/އެޑްމިނިސްޓްރޭޝަން ނުވަތަ ހިއުމަންރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަރވިއު ކުރުން.

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 15 – 22 އޮކްޓޫބަރު 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) ކޯހެއްގެ ސެޓުފިކެޓު ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެކްރެޑިޓް ކުރެވޭ ލެވެލް ބަޔާންކޮށް ދޭ ލިޔުން.

ރ- މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ އެކަން ދެނެގަތުމަށް، މަސައްކަތް ކުރައްވާފައިވާ ނުވަތަ ކުރައްވަމުންގެންދަވާ އިދާރާތަކުން ހޯއްދަވާފައިވާ ލިޔުން. މިފަދަ ލިޔުންތަކުގައި ކުރެއްވި މަސައްކަތް އަދި މުއްދަތު އެނގެން އޮންނަންވާނެއެވެ. އަދި މިލިޔުންތަކުގައި ވަޒީފާ އަދާކުރައްވަން ފެށްޓެވި އަދި ވަކިވިނަމަ ވަކިވިދުވަސް/މަސް/އަހަރު ވެސް އެނގެން އޮންނަންވާނެއެވެ.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ ސުންގަޑި

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި އެހެނިހެން ތަކެތި ހުށަހަޅުއްވާނީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް 13 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ޑިޕާޓްމަންޓްގެ ނަންބަރު 3341303، 3341307 ފޯނަށް ގުޅުއްވުން އެދެމެވެ. 

30 ސެޕްޓެންބަރު 2015