ވަޒީފާގެ ފުރުޞަތު
ނަންބަރު: AS | IUL | 2015 | 0277
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 29 އޮކްޓޫބަރު 2015 12:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު – އިންފޮމޭޝަން ސިސްޓަމްސް

ހުސްނުވާ އާސަންދައިގެ ދަށުން ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި މިކުންފުނީގެ ސޮފްޓްވެއަރ އިންޖިނިއަރިންގ ޓީމުގައި ބައިވެރިވެ ދިވެހިރާއްޖޭގެ ޤައުމީ ޞިއްޙީ އިންޝުއަރެންސް ނިޒާމުގެ މަސައްކަތްތައް ކުރުން

މަޤާމު: ސީނިއަރ ޑިވެލޮޕަރ (އަދަދު: 01)

ޝަރުޠު:

- ޑިޕްލޮމާ އިން ސޮފްޓްވެއަރ އިންޖިނިއަރިންގ ނުވަތަ އޭލެވެލް 03 ފާސް ލިބިފައިވުން.

- މަދުވެގެން 5 އަހަރުގެ ސޮފްޓްވެއަރ ޑިވެލޮޕްމަންޓްގެ ތަޖުރިބާ ލިބިފައިވުން

- "PHP" އަދި "MySQL" ން މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން

- "CSS" ، "HTML" އަދި "JavaScript" ފްރޭމްވާރކްތަކަށް ފަރިތަވުން

- "Git" އަދި "SVN" ގެ މަޢުލޫމާތާއި ހުނަރު ލިބިފައިވުން

- ވެބް ޑިވެލޮޕްމަންޓް ތަޖުރިބާ އާއި އަދި "RDBMS" ގެ ތަޖުރިބާ ލިބިފައިވުން

- "PHP" ފްރޭމްވާރކްތަކަށް ފަރިތަ ފަރާތަކަށްވުން (މިސާލު: "Laravel")

- މިކުންފުނީގެ ފަރާތުން ދޭ ޢަމަލީ ޓެސްޓުން ފާސްވުން

މަޤާމު: ސޮފްޓްވެއަރ ޑިވެލޮޕަރ (އަދަދު: 03)

ޝަރުޠު:

- ޑިޕްލޮމާ އިން ސޮފްޓްވެއަރ އިންޖިނިއަރިންގ ނުވަތަ އޭލެވެލް 03 ފާސް ލިބިފައިވުން.

- 2 އަހަރަށްވުރެ ގިނަ ދުވަހު ސޮފްޓްވެއަރ ޑިވެލޮޕްމަންޓްގެ ތަޖުރިބާ ލިބިފައިވުން

- "PHP" އަދި "MySQL"  ން މަދުވެގެން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން

- "Git" އަދި "SVN" ގެ މަޢުލޫމާތާއި ހުނަރު ލިބިފައިވުން

- ވެބް ތަރައްޤީ ކުރުމުގެ ތަޖުރިބާ އާއި އަދި "RDBMS"ގެ ތަޖުރިބާ ލިބިފައިވުން

- "PHP" ފްރޭމްވާރކްތަކަށް ފަރިތަ ފަރާތަކަށްވުން (މިސާލު: "Laravel")

- މިކުންފުނީގެ ފަރާތުންދޭ ޢަމަލީ ޓެސްޓުން ފާސްވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- "ސްޓޭޓް އޮފް ދަ އާރޓް" އޮނިގަނޑުތައް ބޭނުންކޮށްގެން އައު "ޔޫ އައި" ފަންކްޝަނަލަޓީ އިމްޕްލިމެންޓް ކުރުން

- "ފްރަންޓް އެންޑް/ ބެކް އެންޑް ސޮލިއުޝަންސް" ފަރުމާކޮށް ތަންފީޒުކުރުން

- ކުންފުނީގައި ބޭނުންކުރެވެމުންދާ ޔޫސަރ އިންޓަރފޭސްތައް ބަލައި ފާސްކޮށް، ހަރުދަނާކުރުން

- ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ލައިފްސައިކަލް ހަރުދަނާ ކުރުމަށް އެހީތެރިވެދިނުން

- ސަބް ޕްރޮޖެކްޓްތައް ފަށައިގަތުމަށްފަހު ނިމެންދެން ކުރިއަށް ގެންދިޔުން

- ސަބް ޕްރޮޖެކްޓްސް މަސައްކަތް ކުރިއަށްދާ ގޮތުގެ އަޕްޑޭޓް، އަދި ޕްރޮޖެކްޓް ނިންމުމަށް ދާނެ މުއްދަތު، މެނޭޖްމަންޓް އަދި ޑިވެލޮޕްމަންޓް ޓީމާ ގުޅިގެން މަސައްކަތް ކުރުން

- ފަންކްޝަނަލް "ޔޫ އައި" /"ބެކް އެންޑް" ރިކުއަޔަރމަންޓްސްތައް ބަލައި ފާސްކޮށް، އޭގެ މަޢުލޫމާތު ދެނެގަތުން

- ވާރކްފްލޯރ އަދި ޔޫސެބިލިޓީއަށް ބިނާކޮށް "ޔޫ އައި" ޕްރޮޓޮޓައިޕް ފަރުމާކޮށް ޕްރެޒެންޓްކުރުން

- ސޮފްޓްވެއަރ އާ ބެހޭ މަޢުލޫމާތު ބޭނުންވާ މުވައްޒަފުންނަށް ދިނުމުގައި އެހީތެރިކަންދިނުން

މުސާރަ

(-/16،000 – -/28،000 ރުފިޔާ)

ޝައުޤުވެރިކަން ފާޅުކުރުމުގެ ފަހު ތާރީޚަކީ 29 އޮކްޓޫބަރު 2015ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.

ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓުފިކެޓުތައް، ތިރީގައިވާ އެޑްރެހަށް ހުށަހަޅަން ނުވަތަ އީމެއިލް އެޑްރެހަށް އީމެއިލްކުރަންވާނެއެވެ.

އާސަންދަ ކޮމްޕެނީ ލޓޑ               ފޯން: 1400 301 960+        ފެކްސް: 3636 301 960+

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]           ވެބްސައިޓް: www.aasandha.mv

ޝަރުޠު ހަމަނުވާ ފަރާތްތަކާއި ޞައްޙަ ނޫން މަޢުލޫމާތުތައް ހިމެނޭ ހުށަހެޅުންތައް ބާޠިލުކުރެވޭނެއެވެ.

05 އޮކްޓޫބަރު 2015