ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުމުގެ ފުރުޞަތު
ކޮންޓްރެކްޓް |
ވެބް ޑިވެލޮޕަރ (ވެބް-ބޭސްޑް އިންޓްރާނެޓް ސިސްޓަމެއް ފަރުމާކުރުމަށް) |
މަސައްކަތުގެ އަގު |
"ޓާމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" ގައިވާ މަސައްކަތްތަކަށް ރިޢާޔަތްކުރެއްވުމަށްފަހު ކުރިމަތިލާ ފަރާތުން އަގު ހުށަހެޅުމަށް. |
މަސައްކަތް ކުރަންޖެހޭ ތަން |
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ |
ތަޢުލީމާއި ތަޖުރިބާ
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
އޮތޯރިޓީގެ ކޭސް ޑޭޓާބޭސްއާއި އެޗް.އާރު މޮޑިއުލް ފަރުމާކުރުން ނޯޓް: ކުރަންޖެހޭ މަސައްކަތުގެ އިތުރު ތަފުސީލު ހިމެނޭ ޓީ.އޯ.އާރު މި އޮތޯރިޓީގެ ވެބްސައިޓް www.fpa.gov.mv އަށް ވަޑައިގެން، "މީޑިއާ" ނެންގެވުމަށްފަހު " އިޢުލާން" ނެންގެވުމުން ލިބިވަޑައިގަންނަވާނެއެވެ. |
މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ޕްރޮޕޯޒަލާއެކު (މަސައްކަތުގެ އަގާއެކު) ތިރީގައިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ. 1- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު 2- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް 3- ކުރިމަތިލާ ފަރާތުގެ/ފަރާތްތަކުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ) 4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 5- ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ތަފުސީލު އެނގޭނެ ލިޔުންތަކުގެ ކޮޕީ މި މަސައްކަތް ކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ (ހ. ފުލިދޫގެ، 02 ވަނަ ފަންގިފިލާ) ރިސެޕްޝަނަށް ޕްރޮޕޯޒަލާއި އަދި މަތީގައި ބަޔާންކުރެވިފައިވާ އެހެނިހެން ލިޔެކިޔުންތައް 13 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 13:30 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހަމަކޮށް [email protected] އަށް ބަޔާންކުރެވިފައިވާ ސުންގަޑީގެ ކުރިން ފޮނުވާ އީމެއިލް ބަލައިގަނެވޭނެއެވެ. ނޯޓު: - މަތީގައިވާ މަސައްކަތަށް މީހަކު ހޮވުމަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. - މި މަސައްކަތަކީ ކޮންޓްރެކްޓް އުސޫލުން 08 ހަފުތާގެ މުއްދަތަށް ކަނޑައަޅާފައިވާ މަސައްކަތެކެވެ. - މަސައްކަތަށް މީހަކު ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި ޕްރޮފެޝަނަލް ކޮލިފިކޭޝަން އަދި އިންޓަރވިއުއާއި ޕްރެކްޓިކަލްއަށާއި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ. އިތުރު މައުލޫމާތު: ފޯން: 3010551 ފެކްސް: 3010552 އީމެއިލް: [email protected] 19 ޛުލްޙިއްޖާ 1436 |