ދިވެހިރާއްޖެ
މި މަރުކަޒުގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.
މަޤާމު |
ރިސެޕްޝަނިސްޓް |
|
ބޭނުންވާ އަދަދު |
01 ( އެކެއް ) |
|
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
ރޭންކް: ޖީ.އެސް 03 |
މުސާރަ |
މަހަކު -/4465 ރުފިޔާ |
|
ސަރވިސް އެލަވަންސް |
މަހަކު -/1500 ރުފިޔާ |
|
ޑިވިޝަން / ސެކްޝަން |
އޯ.ޕީ.ޑީ |
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
ހއ. މާރަންދޫ ޞިއްޙީމަރުކަޒު / ހއ މާރަންދޫ |
|
އާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭ ތަން |
ހއ. މާރަންދޫ ޞިއްޙީމަރުކަޒު |
|
ކުރަންޖެހޭމައިގަނޑު މަސައްކަތްތައް |
1. މަރުކަޒަށް ޚިދުމަތް ލިބިގަތުމަށް ނުވަތަ އެކއެކި ކަންކަމުގައި އަންނަ މީހުންނަށް މަރުޙަބާ ކިޔުމާއެކު އެމީހެއްގެ ބޭނުން ރަނގަޅަށް އޮޅުންފިލުވައި އެހީތެރިވެދިނުން. 2. މަރުކަޒަށް ޚިދުމަތް ހޯދުމަށްޓަކައި އަންނަ ފަރާތްތަކުގެ ތެރެއިން ރިސެޕްޝަނުގައި މަޑުކުރާ މީހުންނަށް އިށީނދެ ތިބެވޭނެ އިންތިޒާމު ހަމަޖެއްސުން. 3. މަރުކަޒުން އަންނަ ކޮންމެ މީހަކަށް ނުވަތަ ފޯނުން ގުޅާ ކޮންމެ މީހަކަށް އިޙުތިރާމާއެކު މެހުމާންދާރީ އަދާކުރުން. 4. ހާލު ދެރަ ބަލިމީހުން ރިފަރ ކުރުމުގެ ކަންތައްތަކުގައި އެހީތެރިވެދިނުން. 5. ކައުންޓަރުގައި ހުންނަ ލިޔެކިޔުންތައް ހަމަޖެހިފައިވާ އުސޫލުން ބެލެހެއްޓުން. 6. މަރުކަޒުން ދެވޭ ޚިދުމަތްތަކުގެ ތެރެއިން އަގުނަގަންޖެހޭ ޚިދުމަތްތަކަށް އަގުނެގުމާބެހޭ އެންމެހާ ކަންތައްތައް ކުރުން. 7. ލިބޭފައިސާ ބަލައިގަތުމާއި ރަސީދު ހައްދައިދިނުން. 8. މުވައްޒަފުން ދަތިވެގެންދާ ވަގުތުތަކުގައި ނަރުހުންނަށް އެހީވުމާއި، ތަރުޖަމާކޮށްދިނުން. 9. ނަރުހުންގެ ޑިއުޓީ ރޯސްޓަރ ތައްޔާރުކޮށް ބެލެހެއްޓުން |
|
ތަޢުލީމާއި ތަޖުރިބާ |
1- ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ: 2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި " ދިވެހި " މިމާއްދާއިން ދަށްވެގެން " ސީ " ގްރޭޑް ލިބިފައިވުން. |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް |
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން. 3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން. |
|
އިނާޔަތްތައް |
1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 2. ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ އިނާޔަތު ފައިސާއާއި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައި އޮންނަ އުސޫލުން ރިސްކް އެލަވަންސް. |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާ އަށް އެދޭ ފޯމު ( މިފޯމު ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިމަރުކަޒުގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 4. މަސައްކަތުގެ ތަޖުރިބާ ދެނަގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗުކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ ސީ ވީ ) |
|
ސުންގަޑި |
މިމަޤާމަށް ކުރިމަތިލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 18 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 2:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއި، އެފޯމާ ގުޅޭ ލިޔުންތައް މާރަންދޫ ޞިއްޙީމަރުކަޒުގެ އިދާރީ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. |
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު ނޮވެންބަރުމަހުގެ ތެރޭގައި އޮންނާނެއެވެ. |
|
އިތުރު މަޢުލޫމާތު |
އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6500566 އެވެ. އަދި ވަޒީފާއަށް އެދޭ ފޯމު ސިވިލްސަރވިސްގެ www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި މިމަރުކަޒުގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ. |