ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AE/426/2025/500
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 17:30
ސުންގަޑި: 01 ސެޕްޓެންބަރު 2025 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ސިޓީ މީދޫ އަވަށުން 09 ބިން ކުއްޔަށް ދޫކުރުން

އިޢުލާން

އައްޑޫ ސިޓީ މީދޫ އަވަށުން 09 ބިން ކުއްޔަށް ދޫކުރުން

        އައްޑޫސިޓީ މީދޫ އަވަށުން ބިން ކުއްޔަށް ހިފަން ޝައުޤުވެރިވެލައްވާ ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަރޝިޕްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

  • ބިން ތަކުގެ ތަފްޞީލު:

#

އަވަށް

ކުލީ ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ޒޯން

ކުއްޔަށް ދޫކުރާ ބޭނުން

1

ސ.މީދޫ

K010

1030 އަކަފޫޓު

ކޮމާރޝަލް

ޢާންމު ވިޔަފާރި

2

ސ.މީދޫ

K011

3790 އަކަފޫޓު

ކޮމާރޝަލް

ރެސްޓޯރަންޓް

3

ސ.މީދޫ

K012

1500 އަކަފޫޓު

ކޮމާރޝަލް

ޢާންމު ވިޔަފާރި

4

ސ.މީދޫ

K013

3600 އަކަފޫޓު

ކޮމާރޝަލް

ޢާންމު ވިޔަފާރި

5

ސ.މީދޫ

K026

2100 އަކަފޫޓު

ކޮމާރޝަލް

އައްޑޫ އުފެއްދުންތަކަށް

6

ސ.މީދޫ

K027

2770 އަކަފޫޓު

ކޮމާރޝަލް

ރީޓެއިލް ޝޮޕް

7

ސ.މީދޫ

K035

3000 އަކަފޫޓު

ކޮމާރޝަލް

ހޯލްސޭލް ޝޮޕް

8

ސ.މީދޫ

K039

1000 އަކަފޫޓު

ކޮމާރޝަލް

ސަރވިސް ސެންޓަރ

9

ސ.މީދޫ

K020

10،500 އަކަފޫޓު

ލައިޓް އިންޑަސްޓްރިއަލް

ކާރޕެންޓްރީ

        ބީލަމުގައި ބައިވެރިވުމާއި މަޢުލޫމާތު ޝީޓާއި ބީލަން ހުށަހަޅާ ފޯމް ދޫކުރުމާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.

 

#

ތަފްޞީލް

ތާރީޚް، މުއްދަތު އަދި ގަޑި:

ބީލަމުގައި ރަޖިސްޓްރީވުން / ބައިވެރިވުން

ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިންސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް، ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަން ގަތުމަށް ބޭނުންވާ ކުލީ ބިމުގެ ނަންބަރު، ބީލަން ގަންނަ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ[email protected]  އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެއެވެ. 

17 އޯގަސްޓް 2025 އިން 01 ސެޕްޓެމްބަރު 2025އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00އިން 14:00އަށް

މަޢުލޫމާތު ކަރުދާސް އާއި ބީލަން ފޯމް ދޫކުރުން

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށްޓަކައި ދެވޭ މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް މިއިދާރާއިން މެއިލް ކުރާނެއެވެ.  

 

17 އޯގަސްޓް 2025 އިން 01 ސެޕްޓެމްބަރު 2025އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00އިން 14:00އަށް

ބީލަން ހުށަހެޅުން

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ މީދޫ އަވަށު އޮފީހުގައެވެ.

 

16 ސެޕްޓެމްބަރ 2025ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ގައި

        މި ބިންތައް ކުއްޔަށް ދޫކުރުމާއި ގުޅޭ މަޢުލޫމާތާއި ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މި ބިންތައް ހިމެނޭ ބިމުގެ ޗާޓު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.  މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ.
20 ޞަފަރު 1447ހ.

14 އޯގަސްޓް 2025މ.

14 އޮގަސްޓް 2025