ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2025-55
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 17:01
ސުންގަޑި: 21 އޮގަސްޓް 2025 16:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ވީޑިއޯގްރަފަރ)

މި އިޢުލާންވަނީ 14 އޮގަސްޓް 2025 22:22 ގައި ބާތިލް ކުރެވިފައެވެ.


މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

 މަޤާމް:

 ވީޑިއޯގްރަފަރ

 ބޭނުންވާ އަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން:

 ސީނިއަރ އޮފިސަރ – ގރ 5

 އަސާސީ މުސާރަ:

 މަހަކު 8,000.00 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް

 -   ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 -   އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 -   ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %25

 -   ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ ޢުޞޫލުން އިތުރުގަޑީގެ ފައިސާ   ދެވޭނެއެވެ.

 މީގެ އިތުރުން ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ،   މަޤާމާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން މަތީ   ސަނަދެއް ޙާޞިލްކޮށްފައިވާނަމަ ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 -   ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް.

 ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން   ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 -  މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ   އޮނިގަނޑުގެ ލެވެލް 05ގެ ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއިން   3-4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ:

 - މަޤާމުގެ މަސައްކަތާ ގުޅުންހުރި ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ   އޮނިގަނޑުގެ ލެވެލް 05ގެ ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއިން   1-3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު މަސައްކަތްތައް:

 -  ކުންފުނީގެ ޕްރޮޖެކްޓް މަސައްކަތްތަކުގެ ވީޑިއޯ ކަވަރޭޖް ނެގުން.

 -  ކުންފުނީގެ ނިއުސް އިވެންޓްތަކާއި ޕްރޮގްރާމްތަކާއި އެހެނިހެން ހަރަކާތްތަކުގެ ވީޑިއޯ   ނެގުމާއި އެޑިޓްކޮށް ޚަބަރު އުފައްދާ ފަރާތްތަކާ ޙިއްސާކުރުން.

 -  ކުންފުނިން ނެރޭ އޮންލައިން ޕްރިންޓް މީޑިއާއަށް ބޭނުންވާ ވީޑިއޯ ކްލިޕް ނަގައި އެޑިޓްކުރުން.

 -  ކުންފުންޏައް ބޭނުންވާ ސްޓޫޑިއޯ އަދި އައުޓްޑޯ ވީޑިއޯ ނެގުން.

 -  ނަގާ ވީޑިއޯ ކްލިޕްސް އާކައިވް ކުރުމަށްޓަކައި ލޭބަލްކުރުމާއި ސެންޓްރަލް އާކައިވް   އަޕްޑޭޓްކޮށް ބެލެހެއްޓުން.

 -  ވީޑިއޯގްރާފީގެ ކަންކަންކުރުމަށް ކުންފުނީގައި ބޭނުންކުރާ އިކުއިޕްޓްމަންޓް ތަކުގެ   އިންވެންޓްރީ ބަލަހައްޓާ ކޮންޑިޝަން ބެލެހެއްޓުން (ގެއްލުން ވެއްޖެނަމަ ރިޕެއަރ ކުރާނޭ   އިންތިޒާމު ހަމަޖެއްސުން ނުވަތަ ހަލާކުވެއްޖެނަމަ އިތުރު ޕްރޮޑަކްޓް ހޯދުމުގެ އިންތިޒާމު ކުރުން)

 -  ކުންފުނީގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ކުންފުނިން އަންގާ ކަންކަން ކުރުން.

 -  ކުންފުނީގެ މަސައްކަތްތައް ކަވަރ ކުރުމަށް ޕްރޮޖެކްޓް ހިންގާ ރަށްރަށަށް ރަސްމީދަތުރު   ކުރުން.

 -  ވީޑިއޯ އެޑިޓްކޮށް ކުންފުނީގެ މާކެޓިންގް އަދި ޕީ.އާރް ބޭނުމަށް ތައްޔާރުކުރާ ރިޕޯޓްތަކުގެ   ކޮންޓެންޓް އާއި އެއްގޮތަށް ވީޑިއޯ ކްލިޕްނެގުމާއި ބޭނުންވާ ގޮތައް އެޑިޓްކުރުމުގެ ޤާބިލްކަން   ހުރުން.

 -  ވީޑިއޯގްރާފީއަށް ބޭނުންވާ ޑިޒައިން އަދި ކޮންޓެންޓް އިންޕުޓް ފޯރުކޮށްދިނުން.

 -  މަސައްކަތައި ގުޅުންހުރި ޚިޔާލު ދިނުމާއި މަށްސަލަ ހައްލު ކުރުމުގެ ގާބިލިއްޔަތުކަން

 -  ޑެޑްލައިންތަކަށް މަސައްކަތް މެނޭޖްކޮށް ނިންމުމުގެ ޤާބިލުކަން

 ސުންގަޑި:

 -      މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 21   އޯގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް   ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން   އެދެމެވެ.

 ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް   ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ   ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް   އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު   ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު   ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  6. ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)

 ނޯޓް:  މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް   ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި   ދެންނެވީމެވެ. އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ   ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު   ޖެހުމަށް ދަންނަވަމެވެ.

 އިންޓަވިއު:

 -    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ   ފަރާތްތަކަށް އެކަންޏެވެ.

 -    މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ   ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

 -    މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ މެއި މަހުގެ ތާރީޚެއްގައިއެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން   އެދެމެވެ.

                                20 ޞަފަރު 1447

14 އޮގަސްޓް 2025