ވަޒީފާގެ ފުރުޞަތު
ނަންބަރު: 480/IUL/2025/34
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 16:30
ސުންގަޑި: 26 އޮގަސްޓް 2025 12:00
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އަންނަނިވި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމު:

ޑިރެކްޓަރ ޕްރޮގްރާމްސް

ބޭނުންވާ ޢަދަދު:

1 (އެކެއް)

މުއްދަތު:

1 އަހަރު (މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވިދާނެއެވެ.)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް

ވަޒީފާގެ ދާއިރާ

- ބާ އެޑްމިޝަން

- ޕްރެކްޓިޝަނަރސް އެފެއާޒް

މުސާރައާއި އިނާޔަތް:

(ބޭސިކް ޓޭކް-ހޯމް ޕޭ)

-/29,428 ރުފިޔާ

މަޤާމުގެ ހައިޘިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް:

މި އެލަވެންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާ ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވެންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

- ދިވެހި ރައްޔިތެއް ކަމުގައިވުން؛

- ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުން ނުވަތަ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ސޯޝަލް ޕޮލިސީ ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުން؛

- މެނޭޖްމަންޓް، ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން 5 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛ އަދި މި މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ މި މެންޑޭޓު ތަންފީޒުކުރުމަށް ބޭނުންވާ ސްޓްރެޓެޖީތަކާއި އެނުއަލް ވަރކްޕްލޭން އެކުލަވާލައި ތަންފީޒުކުރުން؛
  2. ބާ ކައުންސިލުން ހިންގާ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓުތައް ފަރުމާކޮށް ތަންފީޒުކުރުން؛
  3. ބާ ކައުންސިލުން ހިންގާ ޕްރޮގްރާމުތަކާއި ޕްރޮޖެކްޓުތަކަކީ ޕާޓްނަރ އޯގަނައިޒޭޝަންގެ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެމަތީން ތަންފީޒުކުރެވޭ ޕްރޮގްރާމްތަކެއްކަން ނުވަތަ ޕްރޮޖެކްޓުތަކެއްކަން ކަށަވަރުކުރުން؛
  4. ބާ ކައުންސިލުގެ ޕްރޮޖެކްޓުތަކާއި ޕްރޮގްރާމުތައް ކުރިއަށްދަނީ ކުރެވިފައިވާ ޕްލޭނާ އެއްގޮތަށްކަން ކަށަވަރުކުރުމަށްޓަކައި ޕްރޮޖެކްޓު/ޕްރޮގްރާމުގެ ޕަރފޯމަންސް އެނަލައިޒްކުރަމުން ގެންދިޔުން؛
  5. ބާ ކައުންސިލުން ހިންގާ ޕްރޮޖެކްޓުތަކުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ޕްރޮޖެކްޓުތަކުގެ ސްޓޭޓަސްއާ ގުޅޭގޮތުން ކަމާ ގުޅުންހުރި ފަރާތްތަކާ މުޢާމަލާތުކުރުން؛
  6. ޙަވާލުކުރެވިފައިވާ ޕްރޮޖެކްޓުތައް ކާމިޔާބުކަމާއެކު ތަންފީޒުކުރެވޭތޯ ބަލައި އެކަމަށް ޖަވާބުދާރީވުން؛
  7. ޙަވާލުކުރެވިފައިވާ ޕްރޮޖެކްޓުތަކުގެ އެންމެހައި މާލީ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އުފުލައި ބެލެހެއްޓުން (ބާ ކައުންސިލުން މާލީގޮތުން އަދާކުރަންޖެހޭ ޒިންމާތައް ކަނޑައެޅިފައިވާ ވަގުތަށް އަދާކުރުމާއި، ދައުލަތުގެ އިދާރާތަކާއި ބާ ކައުންސިލުގެ ޕާޓްނަރުންނަށް މާލީ ހިސާބުތައް ހުށަހެޅުމާއި، މާލީ ކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ ރިޕޯޓުތައް ކުރުމުގެ ޒިންމާ އުފުލުން)؛
  8. ބާ ކައުންސިލުން ހިންގާ ޕްރޮޖެޓުތަކާއި އެހެނިހެން މުހިންމު މަސައްކަތްތަކުގައި އިދާރީގޮތުން އެހީތެރިކަންދިނުން؛
  9. މަތީގައިވާ ކަންކަން ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެހާ ޕްރޮސީޖަރުތައް އެކުލަވައިލުމާއި މުވައްޒަފުން ޕްރޮސީޖަރަށް ޢަމަލުކުރާކަން ކަށަވަރުކުރުން؛ އަދި
  10. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމު:

ސީނިއަރ ފައިނޭންސް އޮފިސަރ

ބޭނުންވާ ޢަދަދު:

1 (އެކެއް)

ވަޒީފާގެ ބާވަތް:

ވަގުތީ (ކޮންޓްރެކްޓް)

މުއްދަތު:

1 އަހަރު

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް

ވަޒީފާގެ ދާއިރާ

ކޯޕަރޭޓް އެފެއާޒް

މުސާރައާއި އިނާޔަތް:

(ބޭސިކް ޓޭކް-ހޯމް ޕޭ)

-/12,625 ރުފިޔާ

މަޤާމުގެ ހައިޘިއްޔަތުން ލިބޭ އެހެނިހެން އެލަވަންސްތަކާއި ޢިނާޔަތްތައް:

- މި އެލަވެންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވެންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

-  ދިވެހި ރައްޔިތެއް ކަމުގައިވުން؛

-  މަތީ ސާނަވީ (އޭ ލެވެލް) 2 މާއްދާއިން ފާސްވެފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ފައިނޭންޝަލް ޕޮލިސީއާ އެއްގޮތްވާގޮތަށް ބާ ކައުންސިލުގެ ބަޖެޓާއި ފައިސާއާބެހޭ އެންމެހާ މަސައްކަތްތައް ކުރުން؛
  2. ބާ ކައުންސިލުގެ ބަޖެޓުން ޚަރަދުކުރުމާއި، އާމްދަނީ ގޮތުގައި އަދި އާމްދަނީ ނޫން ގޮތުގައި ބާ ކައުންސިލަށް ލިބޭ ފައިސާ ބަލައިގަތުމާއި، ބާ ކައުންސިލުގެ ފައިސާއާބެހޭ އެންމެހާ ކަންކަން ހިންގައި ބެލެހެއްޓުން؛
  3. އޮފީހުގެ ޚަރަދު ރިޕޯޓާއި ތިޖޫރީ ރިޕޯޓާއި އާމްދަނީ ރިޕޯޓުތަކާއި މާލީ ހިސާބުތައް އަދި އެހެނިހެން ހިސާބުތައް ނިންމައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން؛
  4. މުވައްޒަފުންގެ މުސާރައާއި ޕެންޝަން ތައްޔާރުކޮށް ބެންކަށް ފޮނުވުން؛
  5. ބާ ކައުންސިލުގެ މާލީ އޮޑިޓަށް ބޭނުންވާ ލިޔެކިޔުން ތައްޔާރުކުރުމާއި، އޮޑިޓަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދީ އޮޑިޓަރުން ދޭ ލަފަޔާއި އިރުޝާދުގެ ދަށުން، ހަރުދަނާކުރަންހުރި ކަންކަން ކުރުން؛
  6. އޮފީހުގެ އަހަރީ ބަޖެޓު ކަނޑައެޅިފައިވާ މުއްދަތުތަކަށް ތައްޔާރުކޮށް ނިންމުން؛
  7. މިނޫންވެސް ބާ ކައުންސިލުގެ ފައިސާއާބެހޭ އެންމެހާ ކަންކަން އޮފީގެ ވެރިން ކަނޑައަޅާ ގޮތެއްގެ މަތިން ރާވާ އިންތިޒާމުކުރުން؛ އަދި
  8. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން؛  

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  1. ބާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު.
  2. މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ.
  4. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ އަދި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ.
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި، ރޭންކް، ނުވަތަ ކްލެސިފިކޭޝަން) އެނގޭ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން.
  6. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތްތަކާމެދު ދެކޭ ގޮތުގެ މަޢުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފަރީއެއްގެ ނަމާއި، ހައިސިއްޔަތު އެނގޭނެ ގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް (ސުޕަވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.)
  7. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 އިތުރު މަޢުލޫމާތު

- މިމަޤާމުތަކަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތް ކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތް ކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕާރފޯމެންސް އެޕްރެއިޒަލް) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތާއި އެމީހަކާ ގުޅޭ ގޮތުން ކުށާއި ދަރަނީގެ ރެކޯޑް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ސާފުކުރުމަށް އިޢުތިރާޒު ނުކުރާނަމައެވެ.

- މިމަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސްކްރީންކުރުމުގެ މަރުޙަލާ (ޓެސްޓު/ އިންޓަވިޔު/ ޕްރެޒެންޓޭޝަން)އަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. 

- މިމަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ޓެސްޓެއް ހަދަންޖެހޭނަމަ ނުވަތަ ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނަމަ، އެކަމާ ގުޅޭ މަޢުލޫމާތު ޝޯޓްލިސްޓްވާ ފަރާތްތަކަށް އީ-މެއިލް މެދުވެރިކޮށް އަންގާނެއެވެ.

- ސްކްރީން ކުރުމުގެ މަރުޙަލާގައި ޝަރުޠު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މިމަޤާމުތަކަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި ހިމެނޭ އެއްވެސް މަރުޙަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުޙަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ މަޤާމަށް އައުމުގެ ފުރުޞަތު ގެއްލޭނެއެވެ.

- މިމަޤާމުތަކަށް ހޮވޭ ފަރާތްތަކުން 3 މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ.

ސުންގަޑި:

26 އޮގަސްޓް 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ކުރިން

މަޤާމަށް އެދެންވީ ގޮތް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ބާ ކައުންސިލްގެ އީމެއިލް އެޑްރެހަށެވެ.

[email protected]

އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ.

14 އޮގަސްޓް 2025