މަޤާމުގެ ނަން:
|
ރިސެޕްޝަނިސްޓް
|
ބޭނުންވާ އަދަދު: 01 (އެކެއް)
|
ރޭންކް:
|
ޖީ. އެސް 3
|
ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
މުސާރަ:
|
-/4465 ރުފިޔާ
|
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
|
ރިސްކް އެލަވަންސް:
|
-/25 ރުފިޔާ
|
ޑިވިޝަން/ ސެކްޝަން:
|
ކިއުރެޓިވް ސެކްޝަން
|
މަޤާމުގެ ގިންތި
|
ދާއިމީ
|
މަޤާމު އޮތް ތަން
|
ރ.އިނގުރައިދޫ ޞިއްޙީމަރުކަޒު
|
އިތުރު އިނާޔަތްތައް:
|
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުން ރަޖިސްޓަރީ ކުރުމާއި ނަންބަރު ދޫކުރުން.
- ބަލިމީހުންގެ ފަރާތުން މަރުކަޒުގެ އޮފީހަށް ބޭނުންވާ މަޢުލޫމާތު ލިޔެ ބެލެހެއްޓުން.
- ޚިދުމަތަށް އެދި އަންނަ މީހުންނަށް ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން.
- އެކިއެކި ބޭނުންތަކުގައި މަރުކަޒަށް ޒިޔާރަތްކުރާ މީހުންނާއި ރިވެތިބަހުން ހިތްހެޔޮކަމާއެކު ވާހަކަދައްކައި ބޭނުންވާ ޚިދުމަތްތައް ފަހިކޮށްދިނުން.
- ބަލިމީހުންގެ ރެކޯޑްސްތައް ކޮމްޕިއުޓަރަށް ނެގުމަށް އެހީތެރިވެ ދިނުން.
- ކްލިނިކަލް އެސިސްޓެންޓް ނެތިއްޖެ ޙާލަތެއްގައި ތަރުޖަމާކުރުން.
- މަރުކަޒުގެ ޢާންމު އުސޫލުތަކާ ގަވާއިދުތަކަށް ޢާންމުން އިޙުތިރާމް ކުރުމަށް ބާރުއަޅައި އެކަން އެގޮތުގައި ދެމެހެއްޓުމަށް ބާރުއެޅުން.
- މަރުކަޒުގެ އޯ.ޕީ.ޑީ އޭރިޔާގައި ޚިދުމަތްދެވޭ ބަލިމީހުންގެ ފައިލްތައް ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ބެލެހެއްޓުން.
- ކޭޝިއަރ، ކްލިނިކަލް އެސިސްޓެންޓަށް ޚިދުމަތްދޭ ދާއިރާގެ އެހެނިހެން މުވައްޒަފުންނަށް އެހީތެރިވުން.
- ފައިސާ ބެލެހެއްޓުމާއި، ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދާ އެއްގޮތަށް ފައިސާ ބަލައިގަތުން.
- ބަލިމީހުންގެ ސިއްރު ހިފެހެއްޓުން.
- އާސަންދަ ޕްރޮގްރާމާބެހޭ އެންމެހައި މަޢުލޫމާތު ދުވަހުން ދުވަހަށް ހޯދައި އެކަންތައްތައް ބަލިމީހުންނަށް އޮޅުންފިލުވައިދިނުން.
- ޚިދުމަތް ހޯދުމަށް އަންނަ ބަލިމީހުން އާސަންދަ ޕްރޮގްރާމުގައި ހިމެނޭތޯ ބަލައި އެޕްރޮގްރާމްގައި ހިމެނޭ ބަލިމީހުންނަށް އެޕްރޮގްރާމްގެ ދަށުން ހެދިފައިވާ ގަވާއިދުން ޚިދުމަތްދީ އެކަމާގުޅޭ އެންމެހައި ލިޔުންތައް ފުރިހަމަކުރުން.
- އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރާ ފަރާތްތަކުގެ އަދި އެހެނިހެން ފަރާތްތަކުގެ އަދި އެހެނިހެން ފޮނުވަންޖެހޭ ބިލްތައް ހަދައި އެފަރާތްތަކަށް ފޮނުވުން.
- މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާކުރުމާއި، މުވައްޒަފުން ގުޅިގެން ކުރާ އެކިއެކި މަސައްކަތްތަކާއި އެކިއެކި އިޖުތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވުން.
|
ތަޢުލީމާއި ތަޖުރިބާ:
|
1. ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،
ޖާރނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަނުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ ނަން:
|
ވޮޗަރ
|
ބޭނުންވާ އަދަދު: 01 (އެކެއް)
|
ރޭންކް:
|
އެސް. އެސް 1
|
ކްލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް ގްރޭޑް 1
|
މުސާރަ:
|
-/3100 ރުފިޔާ
|
ސަރވިސް އެލަވަންސް: -/1000 ރުފިޔާ
|
ރިސްކް އެލަވަންސް:
|
-/25 ރުފިޔާ
|
ޑިވިޝަން/ ސެކްޝަން:
|
|
މަޤާމުގެ ގިންތި
|
ދާއިމީ
|
މަޤާމު އޮތް ތަން
|
ރ.އިނގުރައިދޫ ޞިއްޙީމަރުކަޒު
|
އިތުރު އިނާޔަތްތައް:
|
- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ކަނޑައެޅިފައިވާ ޑިއުޓީގައި ޞިއްޙީމަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަޙައްދު ބެލެހެއްޓުން.
- ތަނުގެ ރައްކާތެރިކަމާއި ސަލާމަތަށް ކުރަންޖެހޭ ކަންކަން ޞިއްޙީމަރުކަޒުން އަންގާ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުން.
- ދިދަ ނަގައި ބޭލުން.
|
ތަޢުލީމާއި ތަޖުރިބާ:
|
- ލިޔަންކިޔަން ދަތުމާއިއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް.
|
- ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެން
- ޖިސްމާނީ އަދި ނަފްސާނީ ޤާބިލުކަން ހުރި މިންވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ޕާސްޕޯޓްސައިޒްގެ ފޮޓޯއާއެކު (ފޯމު ރ.އިނގުރައިދޫ ޞިއްޙީމަރުކަޒުގެ އޮފީހުން ލިބެން ހުންނާނެއެވެ.) މަޢުލޫމާތު ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓް ކޮށްފައިވާ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗް ކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
15 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިންނެވެ. ވަޒީފާއަށް އެދި ހުށަހަޅުއްވާ ފޯމުތައް ބަލައިގަންނާނީ ރ.އިނގުރައިދޫ ޞިއްޙީމަރުކަޒުގެ އޮފީހުންނެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2015 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގައި ރ.އިނގުރައިދޫ ޞިއްޙީމަރުކަޒުގައެވެ.
ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6580395 އެވެ.
|