ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2025/46
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 28 އޮގަސްޓް 2025 13:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ އަހަރު ދޫކުރެވިފައިވާ ގޯތިތަކާއި މަގުތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

މިރަށުގެ ހުޅަނގުކޮޅުންނާއި އިރުމަތީ ކޮޅުން، 2025 ވަނަ އަހަރު ދޫކުރެވިފައިވާ ގޯތިތަކާއި އެގޯތިތަކާ ގުޅިފައިވާ މަގުތަކުގައި ހުރި، މި އިދާރާއިން ނޫކުލައިގެ ދަވާދުން ނަންބަރު ޖަހާ، ބޮޅުއަޅާފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިރުއްގަހުގެ ވެރިފަރާތްތަކުން، "އަމިއްލަ ފަރާތްތަކުގެ ރުއްގަހުގެ މަޢުލޫމާތު ހުށަހަޅާ ފޯމް" ފުރުއްވުމަށްފަހު، 2025 އޮގަސްޓް 28 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިދެންނެވި ފޯމް ތިރީގައިވާ ލިންކުންނާއި މިއިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. މަތީގައި ދަންނަވާފައިވާ މުއްދަތުގެ ކުރިން ހުށަނާޅުއްވާ ރުއްގަސް އެއީ ރައްޔިތު ރުއްގަހުގެ ގޮތުގައި ބަލާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

     ފޯމްގެ ލިންކް: vaikaradhoo.gov.mv/ruhgahuge-badhalu-form

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 އޮގަސްޓް 2025