ދިވެހިރާއްޖެ
ގއ.ގެމަނަފުށީކައުންސިލް ފުޓުސަލް ޓޯނަމަންޓް 2025 ރާވާ،ހިންގާނެ ފަރާތެއް ހޯދުމާއި ބެހޭ:
ގއ.ގެމަނަފުށީ ކައުންސިލް ފުޓުސަލް ޓޯނަމަންޓް2025 ރާވާ،ހިންގާނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިމަސައްކަތް ހުޅުވާލެވިފައިވަނީ، ކުލަބު ޖަމުއިއްޔާތަކާއި،ކުންފުނިތަކުގެ އިތުރުން އާމްމު ފަރުދުންނަށެއެވެ.
މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން ޕުރޮޕޯސަލް ހުށައަޅަން ބައިވެރިވުމަށް 19 އޮގަސްޓް 2025 ގެ 10:00 ގެ ކުރިން [email protected] އަށް ސިޓީއަކުން އެކަން އަންގަވައިދެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7916609،7916180 އަށް ގުޅުއްވުން އެދެމެވެ.
މިމަސައްކަތުގެ މައުލޫމާތު ދިނުން އޮންނާނީ 19 އޮގަސްޓް 2025 ގެ 13:00 ގައި ގެމަނަފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ޕުރޮޕޯސަލް ހުށައެޅުމަށް ބައިވެރިވުމަށް އެދުނު ފަރާތްތަކަށް މައުލޫމާތު ސެޝަންގައި ބައިވެރިވެވޭނެއެވެ. އަދި މައުލޫމާތު ސެޝަންގައި ބައިވެރި ނުވިނަމަވެސް ޕުރޮޕޯސަލް ހުށަހެޅޭނެއެވެ.
މިމަސައްކަތަށް ޕުރޮޕޯސަލް ހުށަހެޅުން އޮންނާނީ 25 އޮގަސްޓް 2025 ގެ 13:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
| 
 މާކުސްދެވޭ ކުރައިޓީރިއާ  | 
 މާކުސްދެވޭގޮތް  | 
 ތަފޮސީލް  | 
| 
 އަގު  | 
 80%  | 
 މި ބަޔަށް ޕޮއިންޓް ދިނުމުގައި ބަލާނީ އެންމެ ދަށް އަގު ހުށަހަޅާ ފަރާތަކަށް އެންމެ މަތިން ޕޮއިންޓް ލިބޭ އުސޫލުންނެވެ.  | 
| 
 ޕުރޮޕޯސަލަށް 
  | 
 20%  | 
 މިބަޔަށް އެންމެ މަތިން ޕޮއިންޓް ދެވޭނީ އެންމެ ރަނގަޅު ޕުރޮޕޯސަލެއް ހުށައަޅާ ފަރާތަކަށެއެވެ. 
  | 
މިހެންމެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.