ކުއްޔަށް ދިނުން
ނަންބަރު: (IUL)407-ESM/407/2025/52
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 04 ސެޕްޓެންބަރު 2025 14:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ވިލިނގިލީގައި ވިޔަފާރިތައް ތަރައްޤީކޮށް ހިންގުމަށްޓަކައި ބިޑް އުސޫލުން ބިން ކުއްޔަށް ދޫކުރުން

  ގއ. ވިލިނގިލި ލޭންޑް ޔޫސް ޕްލޭނާއި އަދި ކައުންސިލްގެ ތަރައްޤީގެ ޕްލޭނާއެއްގޮތްވާ ގޮތުގެ މަތިން، ގއ. ވިލިނގިލިގައި ތަރައްޤީކޮށް ހިންގުމަށްޓަކައި ކަނޑައަޅާފައިވާ ސަރަހައްދުތަކުން 12 ބިން ވިޔަފާރިތައް ތަރައްޤީކޮށް ހިންގާނެ ފަރާތްތަކެއް ހޯދުމަށް، ބީލަމަށް ހުޅުވާލުމަށް މިއިދާރާއިން ނިންމާފައިވާތީ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚް ނުވަތަ ވަގުތުގެ ތެރޭގައި އެކަމަކަށް ކަނޑައެޅިފައިވާ ކަންތައްތައް ކުރިއަށް ގެންދާނެއެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން އެއްވެސް ރަސްމީ މުވާމަލާތެއް ކުރިއަށް ނުގެންދާނެއެވެ. އަދި އިދާރީގޮތުން ހާލަތެއް ދިމާވެގެން މިދެންނެވިފައިވާ އެއްވެސް ތާރީޚެއް ނުވަތަ ގަޑި ބަދަލުވާނަމަ އެކަން ރަސްމީކޮށް ކައުންސިލް އިދާރާއިން އަންގާނެއެވެ. 

 

ތާރީޚް

ގަޑި (ވަގުތު)

ބިޑް ރަޖިސްޓްރޭޝަން ފޯމް ހުށެހެޅުން

04.09.2025

14:00 ކުރިން

މައުލޫމާތު ސާފުކުރުން

07.09.2025

13:00

ބިޑް ހުށަހެޅުން

14.09.2025

13:00

 

މުއާމަލާތް ކުރަންވި ގޮތް

  • ބިޑާ ގުޅޭ ފޯމްތަކާއި އަދި އެހެނިހެން ލިޔުންތައް ހުށަހަޅާންވާނީ ކައުންސިލް އިދާރާގެ ރިސެޕްޝަން ނުވަތަ އިދާރާގެ ރަސްމީ އީމެއިލް އިންނެވެ.
  • ބިޑާ ގުޅޭ މައުލޫމަތް ފޯރުކޮށްދިނުމާއި އަދި ބިޑް ޑޮކިއުމަންޓް ހުށަހެޅުން އޮންނާނީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިއިދާރާގެ [email protected] އަށް އީމެއިލް ނުވަތަ 68200027 ނަންބަރަށް ގުޅާގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ.

 

 

13 އޯގަސްޓް 2024

14 އޮގަސްޓް 2025