ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2015/275
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 15 އޮކްޓޫބަރު 2015 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ. އެސް 4

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/5,020 ރުފިޔާ

-/1,5000 ރުފިޔާ

-/1,757.00 ރުފިޔާ

(އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ފައިނޭންސް ޔުނިޓް

ބޭނުންވާ އަދަދު

1

ޝަރުތު

  1. އެކައުންޓްސްގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު،  އެކައުންޓްސްގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޕެޓީކޭޝް ފައިސާ ބެލެހެއްޓުން. (ޕެޓީކޭޝްއިން ޚަރަދުވާ މިންވަރު އަދި ބާކީ ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން)
  2. މިނިސްޓްރީގެ ތިޖޫރި ބެލެހެއްޓުމާއި ކޮންމެ ހަފުތާއަކު ތިޖޫރި ރިޕޯޓް ފޮނުވުން
  3. މިނިސްޓްރީގެ ޓްރަސްޓްފަންޑް އެކައުންޓްތަކުގެ ހިސާބު ބެލެހެއްޓުން (ޕޭމަންޓް ވައުޗަރ ހެދުމާއި ޓްރަސްޓްފަންޑަށް ލިބޭފައިސާ ޓްރަސްޓްފަންޑް އެކައުންޓަށް ޖަމާކުރުން އަދި ޓްރަސްޓްފަންޑް އެކައުންޓްތަކުގެ ބާކީ ބެލެހެއްޓުން)
  4. މިނިސްޓްރީގެ ޓްރަސްޓްފަންޑުތަކުގެ މާލީ ހިސާބު ކޮންމެ އަހަރެއް ނިމުމުން ހިނގާ އަހަރުގެ 31 މާރިޗުގެ ކުރިން
  5. ތައްޔާރުކޮށް އޮޑިޓް އޮފީހަށާއި ފިނޭންސް މިނިސްޓްރީ އަށް ފޮނުވުން
  6. އެމް އެމް އޭ އަށާއި ފިނޭންސް މިނިސްޓްރީ އަށް ފައިސާ/ ޗެކު ބަލާދިއުން
  7. މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާތަކުގެ ކުރިއަށް އޮތް އަހަރުގެ ލަފާކުރާ ބަޖެޓް ތައްޔާރުކޮށް ފިނޭސްމިނިސްޓްރީން
  8. އަންގާފައިވާ މުއްދަތަށް ފޮނުވުމުގެ މަސައްކަތުގައި އެހީތެރިވުން .
  9. މިނިސްޓްރީއާއި މިނިސްޓްރީގެދާއިރާތަކުގެ މާލީ ހިސާބު ތައްޔާރުކޮށް އޮޑިޓް އޮފީހަށާއި ފިނޭންސް މިނިސްޓްރީއަށް
  10. ފޮނުވުމުގެ މަސައްކަތުގައި އެހީތެރިވުން
  11. ފައިނޭންސް ޔުނިޓުން ތައްޔާރުކުރަންޖެހޭ އެކިއެކި ރިޕޯޓްތަކާއި ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުން.
  12. ޔައުމިއްޔާ ލިޔުން ދުވަހުން ދުވަހަށް ލިޔެ ތައްޔާރުކޮށް އެޑްމިން ޔުނިޓާ ޙަވާލުކުރުން.
  13. މިނޫނަސް އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެ މަސައްކަތްތައް ކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ފައިސާއާބެހޭ މަސައްކަތަށް އަހުލުވެރިވެފައިވާ މިންވަރު
  2. ދިވެހި ބަހާއި، އިނގިރޭސި ބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގުމާއި މައިކްރޯ ސޮފްޓު އެކްސެލް ބޭނުން ކުރަން އެނގޭ މިންވަރު.
  3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ. 
  • މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ.
  • ސުންގަޑި: 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.
  • އިންޓަރވިއުއާއި އިމްތިޙާނު ކުރުން 18 އޮކްޓޫބަރު 2015 އާއި 29 އޮކްޓޫބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
17 ޛުލްޙިއްޖާ 1436
01 އޮކްޓޫބަރު 2015