ޢާންމު މަޢުލޫމާތު
ނަންބަރު: C16C-B/2025/66
ޕަބްލިޝްކުރި ތާރީޚް: 14 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 11:16
ސުންގަޑި: 21 އޮގަސްޓް 2025 00:00
ށ. މިލަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ށ.މިލަންދޫ ބީޗްވިލާއެވެކިޔާ ބަންޑާރަގޯއްޗާއި، ށ.މިލަންދޫ ސީގްރާސް އެވެކިޔާ ބަންޑާރަގޯތީގެ މިލްކުވެރިކަމާއިމެދު ދަޢުވާކުރާ ފަރާތެއްވޭތޯ ބެލުމަށް

މިދަންނަވާ ތަންތަނާއި ތަކެތީގެ މިލްކުވެރިކަމާއިމެދު ދަޢުވާކުރާ ފަރާތެއްވާނަމަ 07 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން ލިޔުމުން މިކޯޓަށް (ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓް) އެންގެވުން އެދެމެވެ.

1- ށ.މިލަންދޫ "ބީޗްވިލާ" އެވެކިޔާ ބަންޑާރަ ގޯތީގެ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ނުއުފުލޭ މުދާ.

2- ށ.މިލަންދޫ "ސީގްރާސް" އެވެކިޔާ ބަންޑާރަ ގޯތީގެ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ނުއުފުލޭ މުދާ.

14 އޮގަސްޓް 2025