ދިވެހިރާއްޖެ
ނޮލެޖް މެނޭޖްމަންޓް އެޑްމިނިސްޓްރޭޓަރ – ސްޓްރެންތަނިންގ ލޯ-ކާބަން އެނާރޖީ އައިލެންޑް ސްޓްރެޓަޖީސް
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ 'ސްޓްރެންތަނިންގ ލޯ-ކާބަން އެނާރޖީ އައިލެންޑް ސްޓްރެޓަޖީސް' މަޝްރޫޢަށް ނޮލެޖް މެނޭޖްމަންޓް އެޑްމިނިސްޓްރޭޓަރެއް އައްޔަނު ކުރުމަށް ބޭނުންވެއެވެ.
ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީސް (ޖެފް) އިން ފަންޑުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ 'ސްޓްރެންތަނިންގ ލޯ-ކާބަން އެނާރޖީ އައިލެންޑް ސްޓްރެޓަޖީސް' މަޝްރޫޢަކީ އިމާރަތްތައް ފަރުމާކުރުމުގައި އެނަރޖީ އެފިޝެންޓް ގޮތްތައް ހޯދުމާއި އަދި ބިލްޑިންގް ސެކްޓަރުން ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
ވަޒީފާގެ މަސްއޫލިއްޔަތަށް އަދި އެހެނިހެން ތަފުސީލު ހިމެނޭ މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ވީމާ މި މަޤާމަށް ޝައުޤުވެރިވާ އިންޑިވިޖުއަލް ކެންޑިޑޭޓުން "ޕްރޮޕޯސަލް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.
- ވަޒީފާއަށް ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރު ނުވަތަ ސީ.ވީ
- މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށް ދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައި)
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "ޓާރމްސް އޮފް ރިފަރެންސް" ގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު 15 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ތިރީގައިވާ އެޑްރެހަށް "ޕްރޮޕޯސަލް" ހުށަހެޅުއްވުން އެދެމެވެ.
ހިއުމަން ރިސޯސަސް ޔުނިޓު
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
މާފަންނު، އަމީނީމަގު،
މާލެ، ދިވެހިރާއްޖެ
ފޯން: 3018329،3018330