ދިވެހިރާއްޖެ
60-ADM/2015/293 ނަންބަރު އިއުލާނަށް އެކަށީގެންވާ ކެންޑިޑޭޓުން ލިބިފައިނުވާތީ ތިރީގައި ދެންނެވިފައިވާ މަަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މަޤާމް: ޑްރައިވަރ ގރ. 2
އަދަދު:01
މުސާރަ: 4410.00ރ
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (01 އަހަރު )
މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ 162 (ހުޅުމާލެ) ފިހާރަ
އެހެނިހެން އިނާޔަތްތައް:
*އިތުރު އެލަވަންސް: 1350.00ރ އާއި 2400.00ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
* ބޯނަސް: ކުންފުނިން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އަހަރީ ބޯނަސް ދެވޭނެއެވެ.
* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
* ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތީން ރިޓަޔަރމަންޓް ޕެންޝަން ސްކީމްގައި ބައިވެރި ކުރެވޭނެއެވެ.
* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމްމުގެ މަސްއޫލިއްޔަތު:
* ދުއްވާ ވެހިކަލް ކޮންމެ ދުވަހަކު ސާފުކޮށް ބެލެހެއްޓުން
* ކަސްޓަމަރުންގެ ސައިޓްތަކަށް މުދާ ޑެލިވަރ ކުރުން
* ހަވާލުކުރެވޭ އެހެނިހެން އޮފީސް މަސައްކަތްތައް ކުރުން
ތަޢުލީމާއި ތަޖްރިބާ:
* ގްރޭޑް 7 ގެ ފެންވަރުހުރި މީހަކު ކަމުގައިވުން
* B1، C1،C2 އަދި CO ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް އޮތުން
* ގިނަވަގުތު މަސައްކަތުގައި އުޅެވޭ ޞިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 08 އޮކްޓޫބަރު 2015ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓީއޯ ހުޅުމާލެ ފިހާރައިންނާއި އެސްޓިއޯގެ ހެޑް އޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
ނޯޓް:
އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މި މަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344272 ފެކްސް: 3344041
އެސްޓީއޯ 162 ނަންބަރ ފިހާރަ
ބަގީޗާހިނގުން ، ކ. ހުޅުމާލެ
ފޯން:3012647.
ވެބްސައިޓް:www.sto.mv