ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 425-C1/1/2025/187
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 18:47
ސުންގަޑި: 20 އޮގަސްޓް 2025 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިސްޓަމް އެނަލިސްޓް - ކޮންޓްރެކްޓް

އިޢުލާނު

މަޤާމު:

ސިސްޓަމް އެނަލިސްޓް

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރެވޭނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު).

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / އައި.ސީ.ޓީ ސެކްޝަން

މުސާރަ:

20000.00 ރުފިޔާ.

ސަރވިސް އެލަވަންސް:

5000.00 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. މިހާރު ބޭނުންކުރެވޭ އައި.ޓީ ނިޒާމުތައް، (ނެޓްވޯކް، ސޮފްޓްވެއަރ އަދި ހާޑްވެއަރގެ) ފީޗާސްތަކުގައި، އެއްވެސް މައްސަލައެއް ނުވަތަ އުނިކަމެއް ހުރިތޯ ބަލައި މުރާޖަޢާކުރުން އަދި މުވައްޒަފުންނާއި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާ ގުޅިގެން ހަރުދަނާކަމާއެކު މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އިތުރަށް ގާއިމް ކުރެވޭނީ ކޮންކަހަލަ ނިޒާމުތަކެއްތޯ ކަނޑައެޅުން
  2. މިހާރު ބޭނުންކުރެވޭ ސިސްޓަމް/އެޕްލިކޭޝަންތަކުގައި ހުރި ފާހަގަކުރެވޭ މައްސަލަތައް ޙައްލުކޮށް، އެކަންކަމަށް އަމާޒުކޮށްގެން، ކައުންސިލަށާއި ޚިދުމަތް ހޯދާ ރައްޔިތުންނަށް ފަސޭހަވާނެ އައު ސިސްޓަމް/އެޕްލިކޭޝަންތައް ތަރައްޤީކުރުން
  3. ގެންނަން ހުށައަޅާ ބަދަލުތަކާއި ގުޅޭ ޙަރަދު ތަފްސީލްތަކާއި އެކަމުގެ ސަބަބުން ލިބޭނެ ފައިދާ އަޅާކިޔައި، ތަފްސީލީ ރިޕޯޓެއް ތައްޔާރުކުރުން
  4. ބޭނުންވާ ބަދަލުތައް ގެނެވި ތައާރަފްކުރެވޭ އައު ސިސްޓަމް/އެޕްލިކޭޝަންތައް މި އިދާރާގައި އިންޕްލިމެންޓް ކުރުމަށްޓަކައި އައި.ޓީ ޓީމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  5. ތައާރަފްކުރެވޭ އައު ސިސްޓަމް/އެޕްލިކޭޝަންތަކާއި ގުޅިގެން މުވައްޒަފުންނަށް ހިންގަންޖެހޭ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި، ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން
  6. ބޭނުންވާ ސިސްޓަމްތައް މި އިދާރާއިން ކަނޑައަޅާ މުއްދަތުތަކުގައި އަދި އެ ކަމަކަށް ކަންޑައެޅިފައިވާ ބަޖެޓްއަށް ތައްޔާރުކޮށް ނިންމުން
  7. ގެނެވޭ ބަދަލުތަކާއި، އެކި ކަންކަމަށް ހުށައެޅޭ ހައްލުތަކާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން
  8. މަސައްކަތްތަކާއި ގުޅިގެން އެކިއެކި ފަރާތްތަކާއިއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމުގެ ކަންކަން އިންތިޒާމްކޮށް، ބައްދަލުވުންތައް ކުރިއަށް ގެންދިއުން
  9. އަލަށް ތައާރަފްކުރެވޭ ސިސްޓަމްތައް / ސޮފްޓްވެއަރތައް އިންޕްލިމެންޓްކުރުމުގެ އެންމެހާ ކަންކަން ހިންގާ ބެލެއްޓުމާއި، ސިސްޓަމްތައް / ސޮފްޓްވެއަރތަކުގެ ކޮލެޓީއާއި ޕާފޯމެންސް ބަލައި އެކަށީގެންވާ ގޮތުގައި މަސައްކަތްކުރޭތޯ ކަށަވަރު ކުރުން
  10. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ރާވާ ހިންގާ ބަލެހެއްޓުމާއެކު އެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ޢަމަލީ ގޮތުން ކުރަން ޖެހޭ އެންމެހައި ކަންތައްތައް ކުރުން
  11. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބްދާރީވުން.

މަޤާމުގެ ޝަރުޠުތައް:

 

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ކޮމްޕިއުޓަރ ސައިންސް
  • ސޮފްޓްވެއަރ އިންޖިނީރިން
  • އިންފޮމޭޝަން ޓެކްނޮލޮޖީ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ކޮމްޕިއުޓަރ ސައިންސް
  • ސޮފްޓްވެއަރ އިންޖިނީރިން
  • އިންފޮމޭޝަން ޓެކްނޮލޮޖީ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި (www.malecity.gov.mv) ތައިސޭކޮށީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. 04 މަސް ހަމަނުވާ ވަޒީފާއަށް އެދޭ ފަރާތުގެ ޕޮލިސް ރިޕޯޓް. (ޕޮލިސް ރިޕޯޓް ހުށަނާޅާނަމަ ފޯމް ބަލައި ނުގަނެވޭނެ).
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 އޮގަސްޓް 2025 ގެ 14:00 ގެ ކުރިން، ތައިސޭކޮށިގައި ހުންނަ މިއިދާރައިގެ އެޗް.އާރު ސެކްޝަނަޝެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ނޯޓް: މި މަޤާމަށް އީ-މެއިލް މެދުވެރިކޮށް ފޮނުވާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3025408 / 7989840) އަށެވެ.

                       19 ޞަފަރު 1447
13 އޮގަސްޓް 2025