ވަޒީފާގެ ފުރުޞަތު
ނަންބަރު: 480/IUL/2025/33
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 15:37
ސުންގަޑި: 21 އޮގަސްޓް 2025 12:00
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިސްތިއުނާފު ކޮމިޓީގެ ވަގުތީ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު

ޤާނޫނު ނަންބަރު: 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު)ގެ 6 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިއުނާފު ކޮމިޓީގެ ވަގުތީ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަޤާމަށް އައްޔަނުކުރާ މެންބަރުގެ ދައުރު ދެމިއޮންނާނީ އެ މައްސަލައެއް ބެލުމަށް އައްޔަނުކުރެވުނު މައްސަލަ ބަލައި ނިމުމާ ހަމައަށެވެ.

މި މަޤާމުގެ ޝަރުޠުތަކާއި މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި އެވަނީއެވެ.

މަޤާމް:

ދާއިމީ ސަބް ކޮމިޓީގެ ވަގުތީ މެންބަރު

މެންބަރުން ބޭނުންވާ ކޮމިޓީ(ތައް) އަދި ބޭނުންވާ ޢަދަދު:

އިސްތިއުނާފު ކޮމިޓީ (ބޭނުންވާ ޢަދަދު: 1)

އަސާސީ ޝަރުޠުތައް:

 

  • ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް މީހަކު ކަމުގައިވުން؛
  • ޤާނޫނީ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ އަދި
  • ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެ މީހެއްގެ ނަޒާޙަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

އިސްތިއުނާފު ކޮމިޓީގެ މަސްއޫލިއްޔަތުތައް:

 

  1. ބާ ކައުންސިލުން ޤާނޫނީ ވަކީލަކާމެދު އަޅާ ފިޔަވަޅަކާމެދު ހިތްހަމަނުޖެހިގެން، އެ ނިންމުން އިސްތިއުނާފު ކޮށްފިނަމަ، އެ މައްސަލަ ބަލައި، ގޮތެއް ނިންމުން؛
  2. އިސްތިއުނާފު ކުރެވޭ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ އުސޫލުތައް އެކުލަވާލުމާއި، އެ އުސޫލަށް އިޞްލާޙު ގެންނަން ޖެހޭކަމަށް ފާހަގަވާނަމަ، އެކަމާ ގުޅޭ ލަފާ، އެގްޒެކެޓިވް ކޮމިޓީއަށް ދިނުން؛
  3. އިސްތިއުނާފު ކޮމިޓީން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ގޮތުގައި އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

 

ކޮމިޓީގެ މެންބަރުކަމަށް އެދި ސިޓީއަކުން ހުށަހަޅުއްވާނަމަ އަންނަނިވި ލިޔެކިޔުންތައް ބާ ކައުންސިލުގެ[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ.

  1. ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ (ކުރިމަތިލާ ކޮމިޓީ ވަކިން އެނގޭގޮތަށް ލިޔެފައި އޮންނަންވާނެއެވެ)؛
  2. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު؛
  3. ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ؛ އަދި
  4. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ.

ކޮމިޓީގެ މެންބަރުކަމަށް އެދި އޮންލައިންކޮށް ހުށަހެޅުއްވުމަށް ތިރީގައިވާ ލިންކުގައިވާ ގޫގްލް ފޯމް ފުރުއްވައި، މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރާއި، ޤާނޫނީ ވަކީލުކަމުގެ ހުއްދައިގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ، އަޕްލޯޑް ކުރެއްވުން އެދެމެވެ.

ގޫގްލް ފޯމް އެޕްލިކޭޝަން: Application Form

ސުންގަޑި

މި އިޢުލާނުގައިވާ މަޤާމަށް ޝައުގުވެރިވާ ފާރާތްތަކުން 21 އޮގަސްޓު 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

 

13 އޮގަސްޓް 2025