ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2015/316
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 11 އޮކްޓޫބަރު 2015 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޑްރައިވަރ

މި ކުންފުނީގެ މިދަންނަވާ މަޤާމްއަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް: ޑްރައިވަރ

ޢަދަދު: 01

އަސާސީ މުސާރަ: -/3830ރ އާއި -/5000ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

ވަޒީފާގެ ބާވަތް: 1 އަހަރު ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ސުޕަމާކެޓް ވެއާހައުސް

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: -/1900ރ އާއި -/2900ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
  • މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަން އަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު:

  • މުދާ ތަންތަނަށް ޑެލިވަރ ކުރުން
  • ދުއްވާ ވެހިކަލް ސާފުކޮށް ބެލެހެއްޓުން
  • ހަވާލުކުރެވޭ އެހެނިހެން އޮފީސް މަސައްކަތްތައް ކުރުން

ތަޢުލީމާއި ތަޖްރިބާ:

  • "ސީ 0"، "ސީ 2" އަދި"ސީ 1" ކެޓަގަރީ ޑްރައިވިންގ ލައިސަންސް އޮތުން
  • ގްރޭޑް 7 ގެ ފެންވަރު ހުރުން

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 އޮކްޓޫބަރު 11 ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ ވެބްސައިޓް:

http://www.stomaldives.com/downloads

ނޯޓް:

  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަަކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން:  3344264      ވެބްސައިޓް: www.stomaldives.com

01 އޮކްޓޫބަރު 2015