ދިވެހިރާއްޖެ
މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 7 ސެޕްޓެމްބަރ 2025 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޖޫނިއަރ ޗެމްޕިއަންޝިޕް 2025 – ސްކޫލް އެޑިޝަން" ބާސްކެޓްބޯޅަ މުބާރާތުގެ 15 އަދި 17 އަހަރުންދަށުގެ އަންހެން އަދި ފިރިހެން ކެޓަގަރީގައި ބައިވެރިވުމަށް އެދޭ ސްކޫލް/މަދަރުސާ ތަކުން 24 އޯގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މުބާރާތުގެ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރައްވާ މިއެސޯސިއޭޝަން އަށް އީމެއިލް، [email protected] އަށް އީމެއިލް ކޮށް ދެއްވުން އެދެމެވެ. އަދި ޓީމްލިސްޓް ފޯމް، 31 އޯގަސްޓް 2025 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިއެސޯސިއޭޝަން އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
ހުރިހާ ސްކޫލް/މަދަރުސާ އަކުންވެސް ދެވިފައިވާ ސުންގަޑިތަކައް ރެޖިސްޓްރޭޝަން ފޯމް އަދި ޓީމް ލިސްޓް ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއްދެއްވުން އެދެމެވެ. ސުންގަޑި ހަމަވުމަށްފަހު އެއްވެސް ސްކޫލްއެއްގެ ރެޖިސްޓްރޭޝަން ފޯމް އަދި ޓީމްލިސްޓް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އުމުރުފުރާތައް:
ޖޫނިއަރ ޗެމްޕިއަންޝިޕް 2024 – ސްކޫލް އެޑިޝަން
15 އަހަރުން ދަށް ( އަންހެން / ފިރިހެން ) - 2025 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 16 އަހަރު ނުފުރޭ ކުދިން
17 އަހަރުން ދަށް ( އަންހެން / ފިރިހެން ) – 2025 ވަނަ އަހަރުގެ އެއްވެސް ތާރީޚެއްގައި 18 އަހަރު ނުފުރޭ ކުދިން