ދިވެހިރާއްޖެ
ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.
ރިނބުދޫ. ދ.
ދިވެހިރާއްޖެ.
ނަމްބަރ: (IUL)377/377/2025/12
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ދ.ރިނބުދޫ ހިތްފަސޭހަ ހިޔާގެ ފުރާޅު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ރަޖިސްޓްރީ ކުރުން:
ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2025 އޮގަސްޓް 14 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަން ރަޖިސްޓްރީ ފޯމް ހުށަހަޅުއްވާފައިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެއެވެ.
ބީލަން ބަލައިގަތުން :
ބީލަން ބަލައިގަތުން އޮންނާނީ 2025 އޮގަސްޓް 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ދ.ރިނބުދޫ ކައުންސިލް އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ބީލަން ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި '' ދ.ރިނބުދޫ ހިތްފަސޭހަ ހިޔާގެ ފުރާޅު މަރާމާތުކުރުން " މިހެން ލިޔުމަށް ފަހުގައެވެ. އަދި ބަދަލުގައި މީހަކު ޙާޟިރުވާނަމަ ބީލަން ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ވެރިފަރާތުގެ އައި.ޑީ.ކާޑްގެ ފޮޓޯކޮޕީއަކާއި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައި.ޑީ ކާޑްގެ ކޮޕީ ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން:
މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 20 އޮގަސްޓް 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން 6760047 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ޞަފަރު 1447
13 އޮގަސްޓް 2025